ރާއްޖެ ކައިރިއަށް ހަތަރު ބިންހެލުން އަތުވެއްޖެ އެވެ.
ބިންހެލުމުގެ ވާހަކަ ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން އަދި އިއުލާނު ކޮށްފައި ނުވާއިރު، ސްރީލަންކާގެ ބައެއް މީޑިއާތަކުންނާއި ބައިނަލްއަގުވާމީ ބިންހެލުންތައް މޮނިޓަރ ކުރާ ފަރާތްތަކުން ވަނީ ރާއްޖެ ކައިރިއަށް ހަތަރު ބިންހެލުން އައިސްފައިވާ ކަަމަަށް ރިޕޯޓް ކޮށްފައެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ދައްކާ ގޮތުން 2 ބިންހެލުން އައިސްފައިވަނީ އައްޑޫސިޓީ ހިތަދޫއާއި 925 ކިލޯމިޓަރު ކައިރިއަށެވެ. އަދި 926 ކިލޯމީޓަރު ކައިރިއަށް އަނެއް ބިންހެލުން އައިސްފައިވާއިރު، އަނެއް ބިންހެލުން އައިސްފައިވަނީ 921 ކިލޯމީޓަރު ކައިރިއަށެވެ.
ލަންކާގެ މީޑިއާތަކުން ބުނާ ގޮތުގައި މި ބިނެހެލުންތައް އައިސްފައިވަނީ ރެކްޓަރ މިންގަނޑުން 4.8، 5.0، 5.2 އަދި 5.8 ބާރުމިނުގައެވެ. މީގެ ތެރެއިން 5.0 އާއި 5.2 ގެ ބިންހެލުން އައިސްފައިވަނީ ކަނޑުގެ 10 ކިލޯމީޓަރު އަޑިން ކަމަށްވާއިރު، 5.8ގެ ބިންހެލުން އައިސްފައިވަނީ 7.7 ކިލޯމީޓަރު އަޑިންކަން ފާހަގަ ކޮށްލެވެއެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.