ހދ. ކުޅުދުއްފުށީ އެއާޕޯޓަށް ފުރަން ގޮސް ހުއްޓާ ދަބަސް ތެރެއިން ވަޒަން ފެނިގެން ހިފެހެއްޓި އަންހެން މީހާ ހައްޔަރު ކޮށްފައި ނުވާ ކަަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
އެނގިފައިވާ ގޮތުން، އެ ވަޒަން ފެނިފައި ވަނީ އިއްޔެ ހަވީރުގެ ފްލައިޓުން ފުރަން ދިޔަ އަންހެނެއްގެ އަތް ދަބަހުންނެވެ.
މިކަމާއި ގުޅިގެން އިއްޔެ ފުލުހުން ވިދާޅުވީ، އެ އެެއާޕޯޓަށް ފުރަން ދިން އަންހެނެއްގެ ދަބަހުން ވަޒަނެއް ފެނުނު ކަމަަށް ބުނެ ވަގުތެއްގައި ކުރި ރިޕޯޓަކާއި ގުޅިގެން ފުލުހުން އެޓެންޑްވެފައިވާ ކަަމަށެވެ.
އަދި ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން މި މައްސަލަ ތަހުގީގު ކުރަމުންދާ ކަަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކުރިތޯ ފުލުހުންނާއި ސުވާލު ކުރުމުން ވިދާޅުވީ، އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.