1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އާޒިމާ: ސަރުކާރުގެ ވަޒީރުންނާއެކު ދޮރުން ދޮރަށް ވަޑައިގެން ރައްޔިތުންނަށް ބޭނުންވާ ކަންކަން އޮޅުން ފިލުއްވައިފި

hulh0
ފޮޓޯ: މޭޔަރއާޒިމާ އެކްސް.ކޮމް ފޮޓޯތަކުން
ޝަފްޢަތު ، ހުވަދޫ މީޑީއާ
275ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މާލޭގެ މޭޔަރުކަމަށް ކޮންގްރެސް ޕާޓީން ވާދަކުރާ ކެންޑިޑޭޓް އައިޝަތު އާޒިމާ ޝުކޫރު ސަރުކާރުގެ ވަޒީރުންނާއެކު ޑޯޓުޑޯ ނުވަތަ ދޮރުން ދޮރަށް ވަޑައިގެން ރައްޔިތުންނަށް ބޭނުންވާ ކަންކަން އޮޅުން ފިލުއްވަމުން ކެމްޕެއިން ކުރައްވައިފިއެވެ.

އެއްވެސް ވަރުބަލިކަމެއް ނެތި ކުރިއަށްގެންދާ މި ކެމްޕެއިން ހަރަކާތުގައި އާޒިމާ ވަނީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ގާތުން އައްސަވާ މާލޭގެ ރައްޔިތުންނަށް ދިމާވާ ދަތިތައް ޙައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.

އާޒިމާގެ ކެމްޕެއިންގައި ދައުލަތުގެ ވަޒީރުންވެސް ގެންދަވަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ.

300 × 250

ޢާޒިމާ ގެންދަވަނީމާލެއާމެދު ފުރިހަމަ ތަސައްވުރެ ހާމަކުރައްވަމުންނެވެ. ސަރުކާރާއި ގުޅިގެން މާލެއަށް ގެންނަވާނެ ބޮޑު ބަދަލު އެކަމަނާ ދަނީ ރައްޔިތުންނާ ހިއްސާކުރައްވަމުންނެވެ.

މާލޭ ސިޓީ ތަރައްގީ ކުރުމަށް ގެންގުޅުއްވާ ވިސްނުން އާންމު ރައްޔިތުންނަށް ހުށަހަޅުއްވައި ދެއްވަމުން އާޒިމާ ވިދާޅުވެފައިވަނީ މިއަދުގެ މި ހާލަތުގައި، މާލޭގެ މޭޔަރު ކަމުގައި ހުންނެވި ތައުލީލީ އަދި ގާބިލު ބޭފުޅަކު ގައުމުގެ ރިޔާސަތާ ހަވާލުވެ ވަޑައިގަންނަވާ ވަގުތު، އެމަނިކުފާނުގެ ގައުމީ ވިސްނުންފުޅުތަކާއެކު މާލޭގައި ހުރި ބޮޑެތި މައްސަލަތައް ވެސް ހައްލުކޮށް މާލޭއަކީ ހަގީގީ މާނަގައިގާ ދިވެހިރާއްޖޭގައި ވެރިރަށުގެ ގޮތުގައި ތަރައްގީ ކުރެވޭނެ ގާބިލު، ކަމަށް އެކަށޭނެ ތެދުވެރި ދިވެހި ދަރިއަކު މޭޔަރުކަމުގެ މަގާމަށް އިސްކުރުމަކީ ގްރޭޓަރ މާލޭގެ ތަރައްގީއަށާއި ރާއްޖެއަށް އެންމެ ފައިދާ ހުރި ގޮތްކަމުގައި ވާނެ ކަމުގައެވެ.

އާޒިމާ އެދިލައްވަނީ އޭނާއާއެކު އަތުގުޅާލައްވައި އެންމެން އެކުގައި މިމަގުސަދު ހާސިލް ކުރުމަށް ނިކުންނެވުމަށެވެ.

މޭޔަރުގެ ގޮނޑިއަށް ބޭފުޅަކު އިންތިހާބު ކުރުމަށާއި ހުސްވެފައިވާ ތިން ދާއިރާ އަށް ބޭފުޅުން އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަން އޮންނާނީ އަންނަ މަހުގެ 13 ގައެވެ.

މާލޭގެ މޭޔަރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ރައީސްކަމާ ހަވާލުވެވަޑައިގަތުމުންނެވެ. އަދި ތިން ކައުންސިލަރަކު އިސްތިއުފާ ދެއްވާފައި ވަނީ ސަރުކާރުގެ އެކިއެކި މަގާމުތަކަށް ވަޑައިގަތުމަށެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި