ހުޅުމާލޭ 3 ވަނަ ފިޔަވަހި ބިން ހިއްކުމުގެ މަސައްކަތްތަކުގެ ދެވަނަ ފޭސްގެ މަސައްކަތް މިއަދު ފަށައިފި ކަމަށް އާރރަބަންކޯއިން ވިދާޅުވެއްޖެއެވެ. އެ ކުންފުނިން ވިދާޅުވީ ތިން ފޭސްއަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮޖެކްޓްގެ ފުރަތަމަ ފޭސްގެ 10 ހެކްޓަރ ބިން ހިއްކުމުގެ މަސައްކަތް މިހާރު ވަނި ނިމިފައިވާ ކަމަށެވެ. އެގޮތުން ދެވަނަ ފޭސް ގައި ހިއްކުމަށް ކަނޑައެޅިފައިވަނީ 29 ހެކްޓަރއެވެ. އަދި ތިން ވަނަ ފޭސް ގައި 24 ހެކްޓަރ އެވެ. މީގެ އިތުރުން އަރބަންކޯ ވިދާޅުވި ގޮތުގައި ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދާގޮތް ބައްލަވާ ލެއްވުމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ފޭސް 3 ސަރަހައްދަށް މިއަދު ޒިޔާރަތް ކުރެއްވިއެވެ. އަދި އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި، މި ޕްރޮޖެކްޓާ ބެހޭ މައުލޫމާތު ދެއްވަމުން ވިދާޅުވީ ފުރަތަމަ ސްޓޭޖްގެ ބިން ހިއްކުމަށް ފަހު، ޑްރެޖަރ ގެ މަރާމާތަކަށް މަސައްކަތް މެދުކަނޑާލަން ޖެހުނު ނަމަވެސް، މި ޕްރޮޖެކްޓްގެ މަސައްކަތް ނުހުއްޓި ކުރިއަށް ދާކަމަށެވެ.
ފޮޓޯ:އާރބަންކޯ
އަދި މިސަރަހައްދުން ގޯތި ލިބޭ ފަރާތްތަކަށް ރައީސް ޑރ. މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ބިން ދޫކުރުމަށް ހަމަޖެހިފައި ވާކަމަށް ވެސް އެމަނިފާނު ވިދާޅުވިއެވެ. ހުޅުމާލޭގެ 3 ވަނަ ފިޔަވަހި ތަރައްގީވެގެން ދާއިރު ރައްޔިތުންނަށް ލުއި ފަސޭހަ ވާނޭހެން ގިނަ ހިދުމަތްތަކާއި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.