1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

"މަދިރިން ރައްކާ" ގެ ހަރަކާތަށް ބޮޑުތަރުހީބެއް ލިބިފައިވާ ކަމަށް އާބަންކޯއިން ވިދާޅުވެއްޖެ

unnamed (19)
ފޮޓޯ: އަރބަންކޯ
އައިޝަތު ކަރަމް
252ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް މިދުވަސްވަރު ގިނަވެފައިވާތީ "މަދިރިން ރައްކާ" ގެ ނަމުގައި ހުޅުމާލެ ސާފުކުރުމުގެ ގައުމީ ހަރަކާތަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އާބަންކޯއިން ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު ފެށި މި ހަރަކާތް އިފްތިތާހްކޮށްދެއްވުމުގެ ގޮތުން މިނިސްޓަރ ތޯރިޤް އިބްރާހީމް ދެއްކެވި ވާހަކަފުޅުއިގައި، މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް މަދުކުރުމަށް ފަރުދީ ފެންވަރުގައި މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އާބަންކޯގެ މެނޭޖިން ޑިރެކްޓަރ މި ހަރަކާތް ފެއްޓެވުމުގެ ގޮތުން ފާހަގަކުރެއްވީ މަދިރީގެ ނުރައްކަލުން ހުޅުމާލެ ސަލާމަތްކުރުމަށް މިއަދު މިފަށާ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ގެންގޮސް، ހުޅުމާލެއަކީ މަދިރިން ރައްކާތެރި ތަނެއްގެގޮތުގައި ދެމެހެއްޓުމަށް އަބަދުވެސް ސަމާލުކަން ދެއްވާނެ ކަމަށެވެ.

300 × 250

މިނިސްޓްރީ އޮފް ހެލްތް އަދި އެޗްޕީއޭ އާ ގުޅިގެން އާބަންކޯއިން މިއަދު ކުރިއަށް ގެންދިޔަ ސާފުކުރުމުގެ ހަރަކާތުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ، މިނިސްޓްރީ އޮފް ޑިފެންސް އަދި މިނިސްޓްރީ އޮފް ފިޝަރީޒް، މޯލްޑިވްސް ކަސްޓަމްސް ސާވިސަސް، ކަރެކްޝަނަލް ސާވިސް، އިމިގްރޭޝަން އާއި، ޑީއެންއާރގެ އިތުރުން އެމްޑަބްލިއުއެސްއީން ވެސް ބައިވެރިވެފައިވއެވެ.

މީގެ އިތުރުން މިއަދުގެ ސާފުކުރުމުގެ ހަރަކާތް ކުރިއަށް ގެންދިޔައީ ވެމްކޯގެ ފުރިހަމަ އެއްބާރުލުމާ އެކުގައި ކަމަށާއި ހުޅުމާލެ 15 ސަރަހައްދަކަށް ބަހާލައިގެން މިއަދު ހެނދުނު 7:30 އިން ފެށިގެން ކުރިއަށް ދިޔަ ސާފުކުރުމުގެ  މިހަރަކާތުގައި ހުޅުމާލޭގެ ގިނަ ސަރަހައްދުތަކެއް ސާފުކޮށް ކާމިޔާބުކަމާ އެކު ނިންމާލީ މިއަދު 11:00 ގައެވެ.

އަދި އާރބަންކޯގެ މުވައްޒަފުންގެ އިތުރުން ސަރުކާރުގެ އެކި މުއައްސަސާތަކުން 800 އަށް ވުރެ ގިނަ މީހުން ބައިވިރިވިއެވެ.

ހުޅުމާލެ އަކީ ސާފުތާހިރު އަދި މަދިރިން ރައްކާތެރި ތަނެއްގެ ގޮތުގައި ދެމެހެއްޓުމަށް އާބަންކޯއިން އަންނަނީ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. މިގޮތުން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި މަދިރި ދުން ޖެހުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް ދެއެވެ. އަދި މަދިރި އާލާވާފަދަ ތަންތަން ފާހަގަކޮށް އެ ތަންތަނަށް ކެމިކަލް އެޅުމުގެ މަސައްކަތް ވެސް ވަނީ ފަށާފައި ކަމަށްވެސް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި