1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ނިމުނު ސަރުކާރުގައި ރިސޯޓުހަދަން ނުއަގުގައި ރަށްރަށް ދޫކޮށްފައި އެބަހުރި؛

tas
ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް --- ފޮޓޯ: ރައީސް އޮފީސް
ޝަފްޢަތު ، ހުވަދޫ މީޑީއާ
308ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ނިމިގެން ދިޔަ ސަރުކާރުގައި ރިސޯޓު ހަދަން ނުއަގުގައި ރަށް ދޫކޮށްފައި އެބަހުރިކަމަށް ޓޫރިޒަމް މިނިސްޓަރ އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ޓީވީގައި ރޭ ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ، މިނިސްޓަރުކަމާއި ހަވާލުވެވަޑައިގެން ރާއްޖޭގައި ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކާއި ގުޅޭ މަޢުލޫމާތު ހޯއްދެވިކަަމަށެވެ. އެގޮތުން މިހާތަނަށް ރިސޯޓު ހަދަން ދޫކޮށް ނުހެދި 63 ރަށެއް އޮތްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެހެންކަމުން އެރަށްތަކަށް އިންވެސްޓްކުރާ އިންވެސްޓަރުންނާއި މަޝްވަރާކުރައްވާ، ވީހާވެސް އަވަހަށް މާކެޓަށް އެރަށްތައް ނެރެވޭނެ ގޮތްތައް ހޯއްދަވަމުން ގެންދަވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

300 × 250

ފައިސަލް ވިދާޅުވީ ބައެއް ރަށްރަށް އެބަހުރި 20 އަހަރު 10 އަހަރު 15 އަހަރު މާކެޓަށް ނުނިކުމެއެބަހުރި ކަމަށެވެ. ފުރަތަމަ ކަމަކަށް ޓޫރިޒަމް މިނިސްޓްރީން މި ކުރަމުންދާ މަސައްކަތަކީ އެރަށްތައް އައިޑެންޓިފައިކޮށް، އެރަށްތައްކަށް އިންވެސްޓްކޮށްފައި ތިބި ވިޔަފާރިވެރިން ހޯދައިގެން އެ ވިޔަފާރިވެރިންނާއެކީ ވަރަށް ގާތް އެކުވެރި މާހައުލެއްގައި މަޝްވަރާކުރެވިގެން އެ ވިޔަފާރިވެރިންނަށް ހުރި ދަތިތަކަކީ ކޮބައިތޯ ބެލުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އެރަށްތަށް އަވަހަށް މާކެޓަށް ގެނައުމަށް ޤާނޫނުގެ ތެރެއިން ދެވޭނެ ލުއިތައްވެސް ހޯދަމުން އަންނަކަމަށެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި މިދިޔަ ސަރުކާރުގައި ނުއަގުގައި ރަށް ދޫކޮށްފައިވާކަންވެސް ފާހަގަކުރެއްވިއެވެ.

"ބައެއް ރަށްތައް ނުއަގުގައި ދޫކޮށްފަ އެބަހުރި. އެ ރަށްތަކާމެދުވެސް އިކޮނޮމިކް ކައުންސިލުން ގޮތްތަކެއް ނިމި ކުރިއަށް ދެވޭނެ މަގު ފަހިކޮށްފައިވާނެ." މިނިސްޓަރު ފައިސަލް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އަމާޒަކީ އަންނަ އަހަރުތެރޭ 12 ނުވަތަ 15 ރިސޯޓް އަލަށް ހުޅުވުންކަމަށާއި، މިއަދަދަށް އެނދު ނެރެވިއްޖެނަމަ އެއީ 1000 އެނދުގެ އިތުރުވުމެއް ކަމަށެވެ.

ރައީސް ޞާލިޙްގެ ފަސް އަހަރުގައި ރިސޯޓު ހަދަން 51 ރަށެއް އިއުލާންކުރިއެވެ. ނަމަވެސް ދޫކުރީ 8 ރަށްކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި