1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ހުއްޓިފައި ހުރި ރަށްތައް މި 5 އަހަރުތެރޭ މާކެޓަށް ނެރުމަކީ އަމާޒެއް: ޓޫރިޒަމް މިނިސްޓަރު ފައިސަލް

nap
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި މިނިސްޓަރު ފައިސަލް/ ފޮޓޯ: ރައީސް އޮފީސް
ޝަފްޢަތު ، ހުވަދޫ މީޑީއާ
370ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރިސޯޓް ތަކަށް ހަދަން މަސައްކަތްކޮށް ، ކުރިއަށް ނުދާ 63 ރަށެއް އެބަ އޮތް ކަމަށާއި އެރަށްތަކުގެ މަސައްކަތް ނިންމާ މާކެޓަށް ނެރުމަކީ ސަރުކާރުން ވަރަށް އިސްކަން ދޭނެ ކަމެއް ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ''ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފައިސަލް ވިދާޅުވީ، މަސައްކަތް ކުރިޔަށް ނުގެންދެވި ހުރި ރަށް ތަކުގެ ވެރިން ހޯދާ އެ މަސައްކަތް ކުރިޔަށް ނުގެންދެވިގެން އުޅެނީ ކީއްވެތޯ ބަލާ އެ ފަރާތްތަކާ މަޝްވަރާކޮށް އަދި ކަމާ ގުޅުން ހުރި އެންމެހާ ފަރާތްތަކުގެ އެއްބާރުލުމާ އެކު މަސައްކަތް ކިށް، އެރަށް ތަކުގެ 20 ނުވަތަ 50 އިންސައްތަ މި ދައުރުގައި ޓުވަރިޒަމްގެ ބާޒާރަށް ނެރެވޭތޯ މިހާރު ވެސް މަސައްކަތް ފަށާފައިވާ ކަމަށެވެ.

މީގެ އިތުރުން އެމްއެމްޕީއާރްސީއާ ގުޅިގެން ފަތުރުވެރިން އިތުރުކުރުމުގެ މަސައްކަތައް ކުރިއަށްދާ ކަަމަށް ވިދާޅުވިއެވެ. ފައިސަލް ވިދާޅުވީ ''އެކްޒިސްޓިން'' މާކެޓްތައް އިތުރަށް ފުޅާކުރެވޭނެ ގޮތްތަކެއް ހޯދަމުންދާ ކަމަށ ވެސް ވަޒީރު ވިދާޅުވިއެވެ.

300 × 250

މިނިސްޓަރު ވިދާޅުވީ އިޒްރޭލު-ފަލަސްތީނު ހަނގުރާމައިގެ ސަބަބުން ދަތުރުކުރުމުގައި ގޮތެއް ނުނިންމާ ފަތުރުވެރިން ގިނަ ކަމަށައި އެހެން އެކަން އޮތުމުން މާކެޓިން ވަރަށް ވަރުގަދަކުރަން ޖެހޭ ކަމަށެވެ.

"އެމްއެމްޕީއާރްސީގައި އެ ހުންނެވީ ވަރަށް ގާބިލު މެނޭޖިން ޑިރެކްޓަރެއް. މުޅި ޓީމާ އެކީގައި އަޅުގަނޑުމެން އެންމެން ކުރެވޭ މަސައްކަތުގައި ދެ މިލިއަނަށްވުރެ އިތުރުވުމަކީ ވަރަށް ގާތްކަމެއް" މިނިސްޓަރު ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ، ކޮވިޑް-19 ގެ ބަލިމަޑުކަމާއެކު ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެެރިންގެ އަދަދު ވަރަށް ބޮޑަށް ދަށްވެފައިވާ ކަަމަށާއި ކުރިއަށް އޮތް ތަނުގައި ބޮޑު ކާރިސާއަކާއި ކުރިމަތިނުވާހިނދަކު ޗައިނާއިންނާއި އަދި އެހެން ގައުމުންތަކުން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރެވިދާނެ ކަމަށެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި