ގަދަ ވަޔާއެކު ކުރަމުންދާ ވިއްސާރަ އާ ގުޅިގެން ބުރިޖު އަދި ހައިވޭގައި، ފެންބޮޑުވެ ވަޔާ ވެއްޔާއެކު ކުނި އަންނަމުންދާތީ، ބުރިޖު އަދި ހައިވޭ ބޭނުންކުރައްވާ ފަރާތްތަކުން ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.
ފުލުހުން ކުރި އެކްސް ޕޯސްޓެއްގައި އެދިފައިވަނީ، ކޮންމެހެން ކުރަންޖެހޭ ޒަރޫރީ ދަތުރުތަކަށް ހަތަރު ފުރޮޅުލީ އުޅަނދު ބޭނުންކުރުމަށެވެ.
މީގެ އިތުރުން މޫސުމާ ބެހޭ އިދާރާއިން ވަނީ މުޅިރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން، މޫސުމަށް ސަމާލުވުމަށް އަންގާ ހުދު ސަމާލުގެ އިތުރުން ރީނދޫ ސަމާލުވެސް ނެރެފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.