2024 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފިއެވެ. ބެންޖަމިން ޑުންކަން މޫރެ ނަމަކިޔާ މި ފަތުރުވެރިޔާ ރާއްޖެ އައުމުން އޭނާއަށް މަރުހަބާ ކިޔާފައިވަނީ ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިސަލްއެވެ. އޭނާއަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޚާއްސަ ރަސްމިއޔާތެއްވެސް ބާއްވާފައި ވެއެވެ.
ޕީއެސްއެމް އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވިދާޅުވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް މިހާރު ހުރި މާކެޓުތައް އިތުރަށް ފުޅާކުރުމަށާއި އިތުރު މާކެޓުތައް ހޯދުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށާއި، އަދި އަންނަ އަހަރަށް ކަނޑައަޅާފައިވަނީ ދެ މިލިއަން ޓޫރިސްޓުންގެ އަމާޒަށް ވާސިލުވުން ކަމުގަވެ.
ޓޫރިސްޓުންގެ އަދަދު އިތުރުކުރުމަށް ކުރައްވާ މަސައްކަތްތަކާ ގުޅޭ ގޮތުން ފައިސަލް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމުގެ މަސައްކަތްކުރާ އެމްއެމްޕީއާރްސީގެ ބަޖެޓު އިތުރުމަށް މަސައްކަތް ކުރައްވާ ކަމަށާއި އިތުރު މާކެޓުތަކަށް ރާއްޖެ އިސްތިހާރު ކުރެވޭނީ ބަޖެޓު އިތުރުކޮށްގެން ކަމަށެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.