އާސަންދައިގެ ދަށުން މިއަދުން ފެށިގެން ސަރުކާރުގެ ސިއްހީ ޚިދުމަތް ދެމުން އަންނަ ތަންތަން މެދުވެރިކޮށް އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމް ހަމަޖައްސަވައި، އާސަންދައިން މެޑިކަލް ޗެކްއަޕް ހެދޭނެ ތާރީހުތައް ހާމަކޮށްފިއެވެ. މިކަން ހާމަކޮށްފައި ވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މިއަދު މެޑިކަލް ޗެކަޕްހަދަން ފަށާފައިވަނީ އުމުރުން 50 އަހަރުން މަތީގެ މީހުންނަށް ކަމަށް އެ ބައްދަލުވުމުގައި އާސަންދައިގެ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޒީނިޔާ ވަނީ ވިދާޅުވެފައެވެ. އެގޮތުން ތާވަލު ކުރެވިފައިވާ ތާރިހުތަކާއި އުމުރުފުރާ ބެހިފައިވާ ގޮތް:
- 50 އަހަރުން މަތި 1 ޖަނަވަރީ 2024، މިއަދުން ފެށިގެން
- 35 އަހަރާއި 49 އަހަރާ ދެމެދުގެ މީހުން 1 އޭޕްރިލް 2024
- 19 އަހަރުން ދަށުގެ ކުދިންނަށް 1 އޭޕްރިލް 2024
- 19 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނަށް 1 ޖުލައި 2024
ޒީނިޔާ ވިދާޅުވީ ފުރަތަމަ މެޑިކަލް ޗެކަޕް ހެދުމަށްފަހު، 2 ވަނަ ފަހަރު މެޑިކަލް ޗެކަޕް ހެދުމަށް ޑޮކްޓަރު ލަފާދެއްވާ ފަރާތްތަކަށް 6 މަސްފަހުން އަހަރުތެރޭގައި 2 ވަނަ ފަހަރަށް މިޚިދުމަތް ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.