1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މާލޭ ސިޓީ އަށް ކުރަމުންދާ ވިއްސާރައިގައި 11 ގެއެއްގެ 54 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދީފި

GCrQ2eva4AAGInY
އިއްޔެ މާލެއަށް ކުރި ވިއްސާރާއިގައި ފެންބޮޑުވުމުގެ ސަބަބުން، ހާލުގައި ޖެހިފައި ހުރި މީހަކަށް އެހީވަނީ-  ފޮޓޯ: އާރްޑީސީ
އައިޝަތު ކަރަމް
328ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މިހާތަނަށް ފެންބޮޑުވެ، ގޭގެއަށް އެކިވަރުގެ ގެއްލުން ލިބިގެން 5 ރަށަކުން ރިޕޯޓްކޮށްފައިވާއިރު މާލޭ ސިޓީ އަށް ކުރަމުންދާ ވިއްސާރައިގައި 11 ގެއެއްގެ 54 މީހަކަށް މިހާތަނަށް ވަގުތީ ބޯހިޔާވަހިކަން ވަނީ ދެވިފައި ކަމަށް ނޭޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެން.ޑީ.އެމް.އޭ އިން ވިދާޅުވެއްޖެއެވެ.

ވިއްސާރައިގެ ސަބަބުން ގެއްލުން ލިބުނު ރަށްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ އެންމެފަހުގެ މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެން.ޑީ.އެމް.އޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ، ހޮނިހިރު ދުވަހުގެ މެންދަމުން ފެށިގެން މާލެއަށާއި، އަތޮޅުތަކުގެ އެކި ސަރަޙައްދުތަކަށް ކުރަމުންދިޔަ ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ، އެކި ވަރުގެ ގެއްލުންތައް ލިބިގެން އެ އޮތޯރިޓީއަށް ރިޕޯޓްތައް ލިބިފައިވާކަމަށެވެ.

އެގޮތުން މިހާތަނަށް މާލޭގެ އިތުރުން އަތޮޅުތަކުން 5 ރަށަކުން ފެންބޮޑުވެގެން ރިޕޯޓްކޮށްފައިވާކަމަށް ހިސާން ވިދާޅުވިއެވެ. ހިސާން ވިދާޅުވީ، މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެ، ގެއްލުން ލިބުނު ގޭބިސީތަކުގެ މަޢުލޫމާތު އެއްކޮށް، ލިބިފައިވާ ގެއްލުންތަކުގެ އެސެސްމަންޓްތައް ހަދާ، ކަނޑައެޅިފައިވާ އުޞޫލުގެ ތެރެއިން މާލީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް އެން.ޑީ.އެމް.އޭއިން ކައުންސިލްތަކާގުޅިގެންކުރަމުންދާނޭކަމަށެވެ.

300 × 250

ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް އެން.ޑީ.އެމް.އޭއަށް އރިޕޯޓްކޮށްފައިވާ ރަށްތަކުގެ ތެރޭގައި ހިމެނެނީ ލ. ފޮނަދޫ، ލ. ގަން، ފ. ނިލަންދޫ، ކ. ކުރައިދޫ، ކ. ހުރާ އަދި ކ. ހިންމަފުށްޓާއި، ބ. ގޮއިދޫއެވެ.

އަތޮޅުތަކުން ލިބުނު ރިޕޯޓްތަކުގެ އިތުރުން ވިއްސާރައިގެ ސަބަބުން ދެންމެ އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ މާލެއަށްކަން ފާހަގަކުރައްވާ، މާލޭގެ 140 ގެގަޔަކަށް ފެންވަދެ އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށް ހިސާން ވިދާޅުވިއެވެ.


300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި