މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ގެ ޑެޕިއުޓީ މިނިސްޓަރަކަށް ރައުހަތު ސްޕޯޓްސްގެ ރައީސް ހުސައިން ރައުހަތު ޤުދުރަތުﷲ އައްޔަން ކުރައްވައިފި އެވެ.
ރައުހަތު އަކީ ޤައުމީ އެތުލެޓިކްސް ގައި ކޯޗު ކަން ކުރައްވަމުން ގެންދަވާ އަދި ކުޅިވަރުގެ ދާއިރާގައި ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ގެންދަވާ ޒުވާން ބޭފުޅެކެވެ.
އޭނާ އަކީ ވެއިތުވެދިޔަ 7 އަހަރޫ ޤައުމީ އެތުލެޓިކްސް ކޯޗު ކަމާއި، ސައުތު އޭޝިއަން ޖޫނިއަރ ޗެމްޕިއަންޝިޕް ގެ ބްރޯންޒް މެޑަލް ހޯދި އިރު އެ ޓީމްގެ ކޯޗު ކަމާއި , ގަތަރު އޭޝިއަން ޔޫތު 2015، ސްރީލަންކާ ސައުތު އޭޝިއަން ޖޫނިއާ 2018، ކުވައިތު އޭޝިއަން ޔޫތު 2022 ގައި ރާއްޖޭގެ ޤައުމީ އެތުލެޓިކްސް ކޯޗުގެ ގޮތޫގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަދި ރައުހަތު ވަނީ ސިންގަޕޫރުން 2018 ވަނާ އަހަރު އިންޓަނޭޝަނަލް އެތުލެޓިކްސް ކޯޗިން ލެވެލް 2 ފުރިހަމަ ކުރައްވާ ފައެވެ. މީގެ އިތުރުން ރާއްޖޭގެ އެތުލެޓިކްސް އެސޯސިއޭޝަނާއި ގދ އަތޮޅު ކައުންސިލް ގުޅިގެން ބޭއްވި އެންމެ ބޮޑު އެތުލެޓިކްސް މުބާރާތް ހޯސްޓް ކޮހްފައި ވަނީ ވެސް ރައުހަތު ސްޕޯޓްސް ކްލަބުން ކަން ފާހަގަ ކޮށްލެވެއެވެ.
2007 ވަނަ އަހަރުމަކިޓާ ޗެމްޕިއަންސް ގައި 5000 މީޓަރު އިން ޖޫނިއާ ރެކޯޑް ހޯއްދަވާފައިވާ ހުސައިން ރައުހަތު ޤުދުރަތުﷲ އަކީ އިންޓަނޭޝަނަލް ލެވެލް އަދި ގައުމީ ފެންވަރުގައި 35 މުބާރާތެއްގައި ކޯޗު ކަން ކޮށްފައިވާ ބޭފުޅެކެވެ. ވޭއިތުވެދިޔަ 15 އަހަރު ތެރެ ރައުހަތުގެ ކޯޗު ކަމުގެ ދަށުން 15 އަށް ވުރެ ގިނަ އެތުލީޓްން ވަނީ ގައުމީ ޕޫލް އަށް ކޮލިފައި ވެފައެވެ.
މިނިސްޓްރީ އޮފް ޔޫތުގެ ޑެޕިއުޓީ މިނިސްޓަރަކަށް ޙުސައިން ރައުހަތު ޤުދުރަތުﷲ އައްޔަން ކުރައްވާފައިވާ އިރު އާ ސަރުކާރުގެ ގިނަ މިނިސްޓްރީ ތަކަށް މިހާރު ވަނީ ޑެޕިއުޓީ މިނިސްޓަރުން އައްޔަން ކުރައްވާފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.