ޒުވާނުންނަށް ޚުތުބާ ކިއުމަށް ހުޅުވާލުމާއެކު، 100 ޒުވާނުން ޚުތުބާ ކިއުމުގެ ފުރުސަތަށް އެދިއްޖެއެވެ. އިސްލާމިކު މިނިސްޓަރ ޑރ. ޝަހީމް ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޚުތުބާ ކިއުމުގެ ހުއްދަ ނަގަން 100 ޒުވާނުން ކުރިމަތިލައިފައިވާ ކަމަށާއި، އެބޭފުޅުން އިންޓަރވިއު އަންނަ ހަފްތާގައި ފަށާނެ ކަމުގައެވެ. އަދި އެއަށް ފަހު ފިޤުހީ ތަމްރީނު ތަކެއް ދެވޭނެ ކަމަށްވެސް އެމަނކިފާނު ވިދާޅުވިއެވެ.
"އެއަށް ފަހު އިންޝާ ﷲ މި ޒުވާނުން މިންވަރުތަކުން ފެނިގެންދާނެ. ރޯދަ މަހުގެ ކުރުން މިހުރިހައިކަމެއް ނިމޭނެ'' ޝަހީމް ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓްރީން ހަތީބުންނަށް ފުރުސަތު ދިނުމުގައި އަމަލު ކުރުމަށް ނިންމާފައިވާ ގޮތަކީ، ޚުތުބާ ކިއުމުގެ ހުއްދައަށް ކުރިމަތިލާފައިވާ މީހުންގެ އިންޓަވިއު މާލޭގައި ނަމަ އެމީހަކު ހާޒިރުވެގެން އިންޓަރވިއު ބާއްވާ ގޮތަށެވެ. އަދި ރަށުގައި އެމީހަކު ހުރިނަމަ އިންޓަވިއު ބާއްވާނީ އޮންލައިންކޮށެވެ. މީގެއިތުރުން އިންޓަވިއުގައި ކުރިއަށްދާނީ ގުރުއާން ކިޔެވުމާއި އަޑު އެހުމުގެ ބައިތަކެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ހުތުބާތަކުން، އެމީހަކު އިހްތިޔާރު ކުރާ ހުތުބާއެއް އަޑުއެހުމަށްފަހު ހުއްދަ ދޭނެއެވެ. ހުއްދަ ދެވޭ މީހުންނަށް ޚާއްސަ ތަމްރީނެއް ދިނުމަށް ވުޒާރާ އިން ވަނީ ނިންމާފައެވެ. .ގްރޭޑް 10،11،12 ނިންމާފައިވާ ދަރިވަރުންނަށް އިމާމުވެ ހުކުރުކޮށް، ޙުތުބާ ކިއުމުގެ ހުއްދަ ދެން އިސްލާމީ ކަންތައްތަކާއި ބެހޭ އެންމެ މަތީ ވުޒާރާ އިން ނިންމީ ޒުވާން އިމާމުންނާއި ހަތީބުންނަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުންނެވެ އަދި ހުކުރުކޮށް ޙުތުބާ ކިޔުމުގެ ހުއްދަ ދެއްވުމަށް އެ ވުޒާރާއިން ނިންމަވާފައިވާކަން އިޢުލާންކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.