ފިލައިގެން އުޅޭ ބިދޭސީ އަންހެނަކު ހޯދުމަށް އިމިގްރޭޝަނުން އިއުލާނުކޮށްފި އެވެ. އިމިގްރޭޝަނުން ބުނީ ހޯދަމުން އަންނަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ އުމުރުން 19 އަހަރުގެ މަންޕްރީތް ކޯރް ނަމަކަށް ކިޔާ އަންހެނަކު ކަމަށެވެ. ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު އިމިގްރޭޝަނުން އޭނާ ހޯދުމަށް އިއުލާނު ކޮށްފައިވާއިރު، އިމިގްރޭޝަނުން ވަނީ އެއަންހެން މީހާއަކީ ކުރިއަށް އޮތް ފަސް ދުވަސް ތެރޭ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ އިމިގްރޭޝަން ޑިޓެންޝަން ސެންޓަރަށް ހާޒިރު ވުމަށް އަންގާފައެވެ. ހޯދަމުން އަންނަ ބިދޭސީ އަންހެން މީހާއާއި ބެހޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ، އެކަމުގެ މައުލޫމާތު އިމިގްރޭޝަންގެ ނަންބަރު 7980408 އަށް ގުޅައި ހިއްސާ ކުރުމަށް ނުވަތަ އިމިގްރޭޝަނަށް މެއިލް ކުރުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. މައުލޫމާތު މެއިލް ކުރުމަށް އިމިގްރޭޝަނުން އެދިފައިވަނީ monitoring@immigration.gov.mv އަށެވެ.