ރައްޔިތުން މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައަންސް އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދުގެ ބައްޕާފުޅު މުޙައްމަދު ޤާސިމް އަވަހާރަވެއްޖެއެވެ.

ނ. ކުޑަފަރިއަށް ނިސްބަތްވާ ޤާސިމް އަވަހާރަވީ މިއަދު ފަތިހުގެ ވަގުތެއްގައި،އުމުރުން 81 އަހަރުގައެވެ. އަވަހާރަވިއިރު ޤާސިމްއަށް ދިޔައީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ޤާސިމް މާލެ ގެނެވުނީ ރަށުގައިހުންނަވަނިކޮށް އާލާސްކަންފުޅަކާ ކުރިމަތިވުމުން ފަރުވާއަށެވެ.

އަވަހާރަވިއިރު ޤާސިމްގެ 9 ބޭފުޅުން ތިއްބަވައެވެ. އެންމެ ދޮށީ ސިޔާމްއެވެ. ޤާސިމްވަނީ، ކުޑަފަރީގެ ކަތީބުކަމާއި، ނ. ކުޑަފަރި މަދަރުސާގެ ނާޒިރުކަން ކުރައްވާފައެވެ. ސިޔާމްގެ ބައްޕަގެ މޫނު ދެއްކުން މިއަދު މެންދުރު ފަހު 1:30 އިން ފެށިގެން އިސްލާމީ މަރުކަޒުގައި ކުރިއަށްދާނެއެވެ. އަދި، އަސުރު ނަމާދަށް ފަހު ގާސިމްގެ މައްޗަށް ކުރެވޭ ކަށު ނަމާދު ވެސް އިސްލާމީ މަރުކަޒުގައި ކުރިއަށް ދާނެއެވެ.