1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ދިރާގުގެ ހެޔޮ އެދުންތަކާއެކު އިސްލާމީ މަރުކަޒަށް 6 ޓީވީ ހަދިޔާކޮށްފި

ASUU
ފޮޓޯ: އެފްބީފޮޓޯޓަކން
ޝަފްޢަތު ، ހުވަދޫ މީޑީއާ
359ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ހުކުރު ހުތުބާގެ ސަބްޓައިޓަލް ފެންނަ ގޮތް ހެދުމަށާއި، މަޖިދުލް ސުލްޡާން މުޙައްމަދު ތަކުރުފާނު އަލް އައުޛަމް (އިސްލާމީ މަރުކަޒު)ގެ އެކި ފަންގިފިލާތަކަށް ހުތުބާ ފެންނާނެ ގޮތް ހެދުމަށް ދިރާގުގެ ހެޔޮ އެދުންތަކާއި އެކު 6 ޓީވީ ހަދިޔާކޮށްފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ޓީވީ ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތު ކުރިއަށްގެންގޮސްފައިވާއިރު، އިސްލާމީ  މަރުކަޒުގެ ފަރާތުން މި ޓީވީ ތަކާއި ހަވާލުވެވަޑައިގަތީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.

މި ރަސްމިއްޔާތުގައި ދިރާގުގެ ޑިރެކްޓަރ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަން މުޙައްމަދު މިރްޝާން ހަސަން އަދި  އެކްޓިންގ ސީއީއޯ އެންޑް ޗީފް ކޮމާޝަލް އޮފިސަރ އަލީ  ރިޔާޒް ބައިވެރިވެވަޑައިގެންފައިވެއެވެ.

300 × 250

މި ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދެއްކެވި ވާހަކަފުޅުގައި ވަނީ ދިރާގުން ސީއެސްއާރްގެ ދަށުން އެ ވުޒާރާއަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭކަން ފާހަގަކުރައްވައިފާ ޝުކުރު ދަންނަވައިފައެވެ.

އަދި އެހެން ކުންފުނިތަކުންވެސް ދިރާގުން ދައްކާ ނަމޫނާ ބަލައިގަތުމަށް އެމަނިފާނު ވަނީ ވިދާޅުވެފައެވެ. ޑރ. ޝަހީމް ވިދާޅުވީ، އިސްލާމީ ކަންކަމަށް ފޯރުކޮށްދެވޭ މިފަދަ އެހީތަކަކީ ގެއްލިގެން ނުދާނެ ކަންކަން ކަމަށެވެ.

މިއީ މިފަދަ ހަރަކާތެއް ދިވެހިރާއްޖޭގައި ކުރާ ފުރަތަމަ ފަހަރެވެ. މިކަން ވެގެންދާނީ މުޖުތަމަޢުގައި ގިނަ މީހުން ބައިވެރިކުރުމަށް އެޅޭ މުހިން ފިޔަވަޅަކަށެވެ. އަދި ޚާއްސަކޮށް އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ރާއްޖޭގައި ދިރިއުޅޭ އެހެން ނަސްލުގެ މުސްލިމުންނަށް ލިބިގެންދާނެ ބޮޑު ލުއިފަސޭހައަކަށްވެސް ވެގެންދާނެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި