1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މި ދައުރު ނިމޭއިރު ބޯހިޔާވަހިކަމުގެ ހައްލު ނުލިބޭ މީހަކު މާލެ ސަރަހައްދުގައި ނުހުންނާނެ: ރައީސް

azi8
ރައީސް މުއިއްޒު މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ......ފޮޓޯ:ރައީސް އޮފީސް
ޝަފްޢަތު ، ހުވަދޫ މީޑީއާ
271ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މި ދައުރު ނިމޭއިރު، ބޯހިޔާވަހިކަމުގެ ހައްލު ނުލިބޭ މީހަކު މާލޭ ސަރަަހައްދުގައި ނުހުންނާނެ ކަމުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ މާލޭ ސިޓީގެ މޭޔަރ ބައި އިލެކްޝަންގައި ޕީއެންސީގެ ޓިކެޓްގައި ވާދަކުރާ އާޒިމާ ޝަކޫރުގެ މެނިފެސްޓޯ ލޯންޗުކުރުމަށް ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރަސްމާލެ، ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރު ފަޅު އަދި ރަސްމާލެ ހިއްކައިގެން އުފެދޭ ބިމުން ހުރިހާ ރައްޔިތުންނަށް ގެދޮރު ލިބިގެންދާނެ ކަމަށެވެ.

300 × 250

"100 ޕަސެންޓަށް މިރޭ ވެސް ޔަގީންކަން މި ދެނީ. މި ދައުރުގެ ފަސް އަހަރު ނިމޭއިރު މި ހަތަރު ބިމުން އުފެދޭ ޖާގައާ އެކު އެ ލިބޭ ގޯއްޗާއި ފްލެޓް ލިބިގެން ދިޔައީމަ މި މާލެއަކު ނުހުންނާނެ ގެދޮރުގެ މައްސަލަ ހައްލު ނުވާ އެކަކު ވެސް," ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މިސަރުކާރުން ކުރިޔަށް ގެންދާ އެންމެ އުއްމީދީ މަޝްރޫއު ކަމުގައިވާ ފުށިދިއްގަރުފަޅުން ބިން ހިއްކުމުގެ މަޝްރޫއުދަނީ ބާރަށް ކުރިޔަށް ކަމުގައެވެ.

ރައީސް ވިދާޅުވި މިހާރު ހިއްކަމުންދާ ބިމަށް އަދިވެސް ބިން އިތުރު ކުރާނެ ކަމަށާއި، ހުޅުމާލޭ ގުޅީފަޅު ގިރާވަރުފަޅު އަދި ރަސްމާލެ ހިއްކާ، ލުއި ލޯނު ދޭން ފެށުމުން، އެ ލިބޭ ފުރުސަތުގަ މި ހަތަރު ބިމުން ގޯތި ލިބޭ ފަރާތްތަކަށް ވަރަށް އަވަހަށް އެތަންތަނުގައި ގެދޮރު ބިނާކުރުމުގެ ފުރުސަތު ލިބިގެން ދާނެކަމަށެވެ.

"އެހެންވީމަ ބާރު ސްޕީޑްގައި އަޅުގަނޑުމެންގެ މަސައްކަތްތައް މި ދަނީ. ކުރިއަށް. ގެދޮރުގެ މައްސަލަައަށް އެންމެ އިސްކަމެއް ދީގެން ދައުރުގެ އެންމެ ކުރީކޮޅުގައި އެންމެ ދުވަހެއް ވެސް ބޭކާރުކޮށް ނުލާ މި ގެންދަނީ ބާރު ސްޕީޑްގައި." ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ގޯއްޗާއި ފްލެޓް ދޭނީ ކައުންސިލް މެދުވެރިކޮށް ކަމަށާއި، އެމަނިކުފާނު ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދާނީ ކައުންސިލްތައް މެދުވެރިކޮށް ކަމަށެވެ. އެގޮތުން ސަރުކާރުން ތާއީދުކުރާ ކެނޑިޑޭޓަށް މިސަބަބުތަކަށްޓަކާ ރައްޔިތުން ކައުންސިލަށް އިންތިޚާބު ކޮށްދެއްވަން ޖެހޭ ކަމުގައިވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި