1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޤުރުއާން ކިޔެވުމާއި ޤައުމީ ސަލާމް ކިޔުމަށް ޝަރުތު ކޮށް ކޮންމެ ދުވަހަކު އެސެމްބްލީ ބޭއްވުމަށް ސުކޫލްތަކަށް އަންގައިފި

l_2022_06_13_122203_qkpdjom25y1ghbixu4lfzasn3rwevc678t9_EN_
ފޮޓޯ: ސަން އޮންލައިން
ޝަފްޢަތު ، ހުވަދޫ މީޑީއާ
325ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ޤުރުއާން ކިޔެވުމާއި ޤައުމީ ސަލާމް ކިޔުމަށް ޝަރުތު ކޮށް، ދިރާސީ އަހަރުގެ ކިޔެވުން އޮންނަ ކޮންމެ ދުވަހެއްގެ ކޮންމެ ދަންފަޅިއެއްގައި ސްކޫލުތަކުގައި އެސެމްބުލީ ބޭއްވުމަށް ސްކޫލަތަކަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އަންގައިފިއެވެ.

މިނިސްޓްރީގެ ފަރާތުން މިގޮތައް އަންގަވާފައިވަނީ މިމަހުގެ 4 ވަނަ ދުވަހު އެ މިނިސްޓްރީގެ ފަރާތުން ރާއްޖޭގެ ހުރިހާ ސްކޫލް މަދަރުސާތަކަކަށް ފޮނުއްވި ސާރކިޔުލާއަކުންނެވެ.

މިނިސްޓަރީގެ އެ ސާކިޔުލާރގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ މަންހަޖަގު ފުރިހަމަ ގޮތުގައި ތަންފީޒު ކުރުމަށް ކޮންމެ ކުއްޖަކަށްވެސް ތަޢުލީމާއި ހުނަރާއި ދިވެހި ސިފަތައް އުނގަންނައި ދިނުމަކީ ޚާއްޞަ ސަމާލުކަމެއް ދީގެން ކުރަންޖެހޭނެކަމެއް ކަމަށާއި، އިސްލާމީ ސިފަތަކާއި ސްލޫކީ މިންގަނޑުތައް ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމާއި، ޤައުމިއްޔަތަށް ދަރިވަރުން އަހަމިއްޔަތުކޮށްދޭ މިންވަރު އިތުރުކުރުމުގެ ގޮތުން ދަރިވަރުންގެ ހިތްތަކުގައި ޤައުމީ ރޫޙް އާލާކޮށް ވަޠަން ދެކެ ލޯބިވާން ދަސްކޮށް ދިނުމަކީ މަންހަޖު ފުރިހަމަ ގޮތުގައި ތަންފީޒުކުރުމަށް ކުރަން ޖެހޭ ކަމެއް ކަމަށެވެ.

300 × 250

އެހެން ކަމާއިއެކު އެފަދަ ސިފަތައް ދަރިވަރުންގެ ކިބާގައި ހަރުލެއްވުމަށް ސްކޫލު އެސެމްބުލީ ވަރަށް މުހިއްމު ދަޢުރެއް އަދަކުރާ ކަމަށާއި މިހެންކަމާއިއެކު ސްކޫލުތަކުގެ ކިޔެވުން އޮންނަ ކޮންމެ ދުވަހެއްގެ ކޮންމެ ސެޝަނެއް ފެށުމުގެ ކުރިން އެސެމްބުލީ ބާއްވަން ޖެހޭނެ ކަމަށެވެ.

މިނިސްޓްރީގެ ސާރކިޔުލާގައި ވަނީ އެސެމްބުލީގައި ކޮންމެހެންވެސް ހިމަނަން ޖެހޭނެ 3 ކަމެއްވެސް ފާހަގަ ކުރައްވާފައެވެ. އެގޮތުން ކޮންމެ އެސެމްބުލީ އެއްގައިވެސް ކޮންމެ ދުވަހަކުވެސް ޤުރުއާން ކިޔެވުމާއި ، ޤައުމީ ސަލާމް ކިޔުމަށް އަންގަފައިވާއިރު ސްކޫލުން ކަނޑައަޅާ ވަކި ދުވަސްތަކެއްގައި ސްކޫލުގެ ލަވަ ކިޔުމަށްވެސް ވަނީ އަންގާފައެވެ.

މިގޮތައް ބޭއްވޭ އެސެމްބުލީތަކުގެ ދިގުމުން 10 މިނެޓަށްވުރެ ދިގު ނުކުރުމަށް އަންގާފައިވާއިރު ހަފްތާއަކު ކޮންމެވެސް އެއްދުވަހަކު ޚާއްޞަ އެސެމްބުލީއެއްވެސް ބެއްވުމަށް މިނިސްޓަރީން ވަނީ ސްކޫލުތަކަށް އަންގާފައެވެ.

މިގޮތައް ބޭއްވޭ ޚާއްޞަ އެސެމްބުލީގައި ޤައުމީ މަންހަޖުގައި ކަނޑައަޅާފައިވާ ކުދިންގެ ކިބައިގައި ހަރުލަންވަން ޖެހޭ ޤާބިލިއްޔަތު ތަކަށާއި ، ދިވެހި ޤައުމިއްޔަތަށް އިސްކަން ދޭން ޖެހޭނެ ކަމަށް މިނިސްޓްރީގެ ސާކިޔުލާރ ގައި އަންގާފައިވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި