ދައުލަތުގެ ބައެއް ވެބްސައިޓްތައް ޑައުންވި މައްސަލަ ކަމާބެހޭ ފަރާތްތަކުން ބަލަން ފަށައިފިއެވެ.

ރޭ ޑައުންވި ވެބްސައިޓްތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓާއި، ޓޫރިޒަމް މިނިސްޓްރީ، އަދި ފޮރިން މިނިސްޓްރީގެ ވެބްސައިޓް ހިމެނެއެވެ.

މައުލޫމާތު ލިބިފަިއިވާގޮތުގައި ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީއާއި ކަމާބެހޭ އިދާރާތައް ގުޅިގެން ރައީސް އޮފީހުގެ ވެބްސައިޓަށް ދިމާވި މައްސަލަ އަންނީ ބަލަމުންނެވެ

ނަމަވެސް މިކަމާބެހޭ އިތުރު ތަފްސީލެއް ކަމާ ގުޅޭ ފަރާތްތަކުން އަދި ހާމަކުރައްވާފައެއް ނުވެއެވެ.