ފުތަމަ ޓާމުގެ ބަންދަށްފަހު މިއަދު ސްކޫލްތައް ހުޅުވިގެންދިޔައިރު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި މިއަދުން ފެށިގެން ޤައުމީ ސަލާން ކިޔަން ފަށައިފިއެވެ.
ސްކޫލްތަކުގައި ޤައުމީ ސަލާން ކިޔަން ޖެހޭ ގޮތަށް ރައިސް ޑރ.މުހައްމަދު މުއިއްޒު ވަނީ ހަމަޖައްސާފައެވެ. މި އަހަރުން ފެށިގެން ކޮންމެ ސްކޫލެއްގައި ކިޔަވާ ކުދިން ސެޝަން ފަށާނީ ގައުމީ ސަލާން ކިޔާފައި ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މިއަދު ސްކޫލްތައް ހުޅުވިގެން ކިޔެވުން ފެށިގެން ދިޔައިއިރު ސްކޫލްތަކުގެ ސެޝަން ފެށިގެން ދިޔައީ ގައުމީ ސަލާމުންނެވެ.
މިގޮތަށް ހަމަޖެއްސީ ރައީސްގެ ވައުުދުފުޅެއް ކަމަށްވާ ގައުމިއްޔަތު ދިރާވާ އާލާ ކުރުމުގެ ދަށުންނެވެ. އެގޮތުން ތުއްތު ކުދިންނާއި ސްކޫލް ކުދިން ގައުމީ ލަވަ ދެކެ، ގައުމީ ދިދަ ދެކެ ލޯބި ޖައްސާ އެ ކިޔޭ އެއްޗެއްގެ މާނަ ވިސްނި، އެއަށް ލޯބި ކުރުމަށް ހިތްޖެއްސުމަށްޓަކައި ކޮންމެ ދުވަހަކު ސްކޫލް ސެޝަން ގައުމީ ސަލާމުން ފަށާގޮތަށް ހަމަޖެއްސީއެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.