ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން މުހައްމަދު (ހަސަންޓޭ) ވެރިކަންކުރާ ޕީއެންސީއާ ގުޅިވަޑައިގެންފިއެވެ.
އެގޮތުން ހަސަންޓޭ ވަނީ އެކްސްގައި އެ ޕާޓީއަށް ގުޅިވަޑައިގެންކަން ހާމަކުރައްވާ، ރައީސް ޑރ މުހައްމަދު މުއިއްޒުއާ އެކު ނަންގަވާފައިވާ ފޮޓޯއެއް ހިއްސާކުރައްފައެވެ.
އަދި އެ ޕޯސްޓްގައި ރައީސް އާއެކު ކުރިއަށް ގެންދަން ނިންމަވާފައިވާ ކަމަށާއި އިހުލާސްތެރިކަމާއި އެކު ޕީއެންސީއާއެކު ހުންނަވާނެ ކަމަށްވެސް ހަސަންޓޭ ވިދާޅުވެފައިވެއެވެ.
މިއީ ހަސަންޓޭ އެމްޑީޕީ ނޫން އެހެން ޕާޓީއަކަށް ސޮއި ކުރެއްވި ފުރަތަމަ ފަހަރެވެ. އެ ޕާޓީއަށް . ހަސަންޓޭ ގުޅިވަޑައިގެންފައިވާއިރު އެމްޑީޕީގެ 13 މެމްބަރަކު ވަނީ ދާދި ފަހުން ޕީއެންސީއަށް ސޮއިކުރައްވާފައެވެ.
މިހާތަނަށް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގައި ޖުމްލަ 56 މެންބަރުން ތިއްބެވި ނަމަވެސް ހަސަންޓޭ ހިމެނޭހެން ޕީއެންސީއަށް ސޮއި ކުރެއްވި މެމްބަރުންގެ އަދަދު 14 އަށް އެރީއެވެ. މި 14 މެމްބަރުން އެމްޑީޕީން ޕާޓީން ވަކިވެވަޑައިގަތުމާއެކު، އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް މެންބަރުންގެ އަދަދުވަނީ 42 މެންބަރުންނަށް ތިރިވެފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.