ވެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޢަބްދުﷲ ޔާމީން ރަޝީދު، ޕަބްލިކް ސާރވިސް މީޑިޔާ (ޕީއެސްއެމް)ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ޢައްޔަންކުރައްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ޕީއެސްއެމްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމަށާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް ޔާމީން ރަޝީދު އައްޔަން ކުރީ، އެ މީޑިއާގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމުން އަބްދުﷲ ރަޝީދު ވަކިކުރެއްވުމަށްފަހު އެވެ. އެމްޑީޕީގެ އިތުރުން އެމްޓީޑީ، ޖުމްހޫރީ ޕާޓީ އަދި ޕީޕީއެމްގައިވެސް ސިޔާސީ މަސައްކަތް ކުރެއްވި ޔާމީނަކީ ނ. ވަލިދޫ ދާއިރާގެ ކުރީގެ މެމްބަރެވެ. އޭނާ ވަނީ މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާއަށް ވެސް ވާދަކުރައްވައިފައެވެ. އަދި މިހާރު ހުންނެވީ ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މެމްބަރެއްގެ ގޮތުގައެވެ. ޔާމީން އެންމެ ފަހުން ހުންނެވީ ދިވެހި ޗެނަލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ.