އިންޑިއާ އާއި ދިވެހިރާއްޖޭގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުމާއި ދެސަރުކާރުގެ މެދުގައި އޮތް ގުޅުން ނުތަނަވެސް އިންޑިއާ އާއި ދިވެހިރާއްޖެއާ ދެޤައުމުންވެސް ސަފީރުން އެޤައުމެއް ޚާރިޖިއްޔާއަށް ޙާޟިރުކޮށް ސުވާލުކޮށްފިއެވެ.

އިންޑިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައިވާ ސަފީރު، އިބްރާހިމް ޝަހީބް އިންޑިއާގެ އެކްސްޓާރނަލް އެފެއާޒް މިނިސްޓްރީއަށް ޙާޟިރުކޮށްފައި ވަނީ، ދިއްލީގެ ގަޑިން ހެނދުނު 9:30 އަށެވެ. އެގަޑިއަށް ރާއްޖޭގެ ސަފީރު، އިބްރާހިމް ޝަހީބު އިންޑިއާގެ އެކްސްޓާރނަލް އެފެއާޒް މިނިސްޓްރީއަށް ވަޑައިގެންނެވިއެވެ. އެހެން ނަމަވެސް އެބައްދަލުވުމާއި ގުޅޭ ގޮތުން ދިވެހި ޚާރިޖިއްޔާގެ ފަރާތުން މިހާތަނަށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުނޫ މަހާވަރު، މިއަދުގެ މެންދުރު 12:00އަށް ވަޑައިގެންނެވުމަށް ރާއްޖޭގެ ޚާރިޖިއްޔާއިން ދަންނަވާފައިވާ އިރު، އެއީ ކުރިން ހަމަޖެހިފައި އޮތް ބައްދަލުވުމެއް ކަމުގައި ވަނީ ރިޕޯޓްކޮށްފައެވެ.

އިންޑިއާ ސަފީރު މުނޫ މަހާވަރު، ރާއްޖޭގެ ޚާރިޖިއްޔާގެ ފަރާތުން ބައްދަލުކުރެއްވީ، އެމްބެސެޑަރ އެޓް ލާޖް ޑޮކްޓަރ ޢަލީ ނަޞީރު މުޙައްމަދެވެ. މިބައްދަލު ކުރެއްވުމާއި ގުޅޭ ގޮތުން އިންޑިއާ ހައިކޮމިޝަނުން ބުނެފައި ވަނީ، މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާކުރެއްވި ކަމަށެވެ