1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އެކްސްޕްލޯރ ހުވަދޫ ނަމުގައި އެސްޑީއެމްއިން ފަތުރުވެރިކަމުގެ ހަރަކާތެއް ބާއްވަނީ

25cb84ed-dc55-4cfb-9291-f698618b8b78
އަމާރީ ރިސޯޓް ގެ ފަތުރުވެރިން ތަކެއް ގދ ތިނަދޫ މިއުޒިއަމް ޕާކް ބަލާލަނީ. ހުވަދޫ ފައިލް ފޮޓޯ
އައިޝަތު ކަރަމް
726ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އެކްސްޕްލޯރ ހުވަދޫ ނަމުގައި އެސްޑީއެމްއިން އިންތިޒާމު ކުރާ މި ހަރަކާތުގައި އި ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއެރުވުމަށް ދިމާވެފައިވާ ހުރި ގޮންޖެހުންތައް ދެނެގަނެ އެކަންކަމަށް ހައްލެއް ހޯދުމަށް އެކިއެކި ހަރަކާތަށް ހިންގުމަށް ހަމަޖެހިފައިވެއެވެ.


އަތޮޅުގައި ހުރި ޑައިވް އަދި އެކްސްކާޝަން ސައިޓް ތަކަށް ފީނައި މިތަންތަން މެޕް ކުރުމާއެކު، މިތަންތަކުގެ ބޭނުން ފަތުރުވެރިކަމުގައި ކުރެވޭނެ ދެމެހެއްޓެނިވި ގޮތްތައް އަތޮޅުގެ ކަމާއި ގުޅުން ހުރި ފަރާތްތަކަށް ފޯރުކޮށްދިނުމަކީ މި ހަރަކާތުގެ މައިގަނޑު އެއް އަމާޒެވެ.

300 × 250

މި މެޕްގައި އިސްވެ ދެންނެވުނު ޑައިވް ސައިޓްތަކާއި އެޓްރެކްޝަންސް ތަކުގެ މައުލޫމާތު ހިމަނާ އެކުލަވާ ލާނެއެވެ. އަދި މި މެޕް އަތޮޅުގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އަދި ޝައުގުވެރިކަން ހުރި ހުރިހާ ފަރާތްތަކަށް ބޭނުންކުރެވޭނެ ގޮތަށް އާންމު ކުރެވޭނެ ކަމަށް


އެސްޑީއެމްއިން ބުނެއެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ޕްރޮމޯޓް ކުރާނެ ކަމަށްވެސް އެސްޑީއެމްއިން މައުލޫމާތު ދެއެވެ.


'' ލޯކަލް ޓުއަރިޒަމް ނިސްބަތުންމަދު ހުވަދޫއަށް އިތުރު އިންވެސްޓްމެންޓްތައް އަންނަނީ އެތަނުގައި ހުރި ރިސޯރސްތައް ދެނެގަނެވިގެން. އެސްޑީއެމްއިން އިސްނަގައިގެން އަތޮޅުގެ ކަނޑުގެ އަޑީގެ ރީތި މަންޒަރުތަށް ހިމެނޭ ތަންތަން ފަހާގަކޮށް ތަފްސީލާއެކު އެކުލަވާލެވޭ މި މެޕްގެ ސަބަބުން އިތުރު އިންވެސްޓްމެންޓްތައް އަތޮޅަށް ގެނެވޭނެކަމުގެ އުންމީދު އެބައޮތް. ސަސްޓެއިނަބަލް ޓްއަރިޒަމް ކޮންސެޕްޓްތައް އަތޮޅަށް ގެނެވިގެން ނޫނީ އަންނަން އޮތް ޖީލުތަކަށް ފަތުރުވެރިކަމުގެ ފުރިހަމަ ނަފާ ހޯދަން އުނދަގޫ ވާނެ.'',
އެސްޑީއެމްގެ ވެރިޔާ ވިދާޅުވިއެވެ.

މި އިވެންޓްގައި އެސްޑީއެމް ޓީމާއެކު މަޝްހޫރު ސްކޫބާ ޑްރައިވަރ ހުސެއިން ރަޝީދު (ސެންޑި) ބައިވެރިވާނެއެވެ. ސެންޑިއަކީ 1986 ވަނަ އަހަރުން ފެށިގެން ސްކޫބާ ޑައިވަރެއް ގޮތުގައި ހަރަކާތްތެރިވަމުން އަންނަން ބޭފުޅެކެވެ. އަދި ޕަޑި ކޯސް ޑައިރެކްޓަރެއްގެ ގޮތުގައި 17 އަހަރު މަސައްކަތް ކޮށްފައިވާ ސެންޑި އަކީ ވިލާ ކޮލެޖްގެ ފެކަލްޓީ އޮފް މެރިން ސްޓަޑީސް ފައުންޑަރ އަދި ޑީންގެ ގޮތުގައި މަސައްކަތްކޮށްފައިވާ ކަމުގެ ތަޖުރިބާކާރެކެވެ. އޭނާއަކީ 2022 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ދެއްވާ ފަތުރުވެރިކަމުގެ ރަން އެވޯޑުވެސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

300 × 250

މި ހަރަކާތް ހިނގާ އެސްޑީއެމް ފާރމް އަކީ ރާއްޖެއިން ނެތެމުންދާ އެކިވައްތަރުގެ ދިވެހި ގަސްތައް ނުވަތަ ނޭޓިވް ޕްލާންޓްސް، ބަލްކްކޮށް އުފައްދާ ފާމް އެކެވެ. އޭގެ ތެރޭގައި، މަގޫ، ކާނި، ކުރެދި، ދިއްގާ، ދިވެހިރުއް، ކިނބި، ބޯށި، ފުނަ އަދި އެނޫނަސް އެކި ބާވަތްތަކުގެ ބަގީޗާ ގަސްތައް ހިމެނެއެވެ.



އެސްޑީއެމްއިން ހާމަކޮށްފައިވާ ގޮތުގައި، މި އިވެންޓުގައި އެންމެ ފުރަތަމަ ފޭސްގައި މެޕް ކުރަން ހަމަޖެހިފައިވަނީ ހުވަދު އަތޮޅުގެ ތިން ރަށެކެވެ. އެއީ ދެއްވަދޫއާއި ތިނަދޫ އިތުރުން ކޮނޑޭއެވެ. މިގޮތަށް އިތުރު 5 ޓްރިޕެއް މިއަހަރު ޑިސެމްބަރާ ހަމަޔަށް އެކި ފަހަރު މަތިން ކުރާނެ ކަމަށާއި އަދި މި ހަރަކާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުއޮތް ވާހަކަވެސް އެސްޑީއެމްއިން ބުނެއެވެ.

ގއ. ދެއްވަދޫގައި ފަށާ މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 21 އިން ފެށިގެން ޖެނުއަރީ 31 އަށެވެ

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި