1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އައްޑޫ އާއި ހުވަދޫ ގުޅާލާ ބުރިޖް މަޝްރޫއަށް ޗައިނާ އިންވެސްޓަރުން ހޯދުމަށް ރައީސް ހުށަހަޅުއްވައިފި

hiny
ފޮޓޯ: ރައީސް އޮފީސް
ޝަފްޢަތު ، ހުވަދޫ މީޑީއާ
2,809ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އައްޑޫ ސިޓީ އާއި ގދ.ތިނަދޫގައި އެޅުމަށް ހަމަޖެހިފައިވާ ބްރިޖް މަޝްރޫއު އަށް ޗައިނާގެ އިންވެސްޓަރުން ހޯދުމަށް އިންވެސްޓް މޯލްޑިވްސް ފޯރަމްގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ހުށަހަޅުއްވައިފިއެވެ.

ޗައިނާގައި އިއްޔެ ބޭއްވި ރާއްޖޭގެ "އިންވެސްޓް މޯލްޑިވްސް ފޯރަމް" ގެ ހަވާސާގެ ތެރެއިން ދައުލަތުގެ މީޑިއާ، ޕީއެސްއެމަށް އިންފްރާސްޓަރަކްޗަ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ މިފޯރަމުގައި ރައީސް ވަނީ ހުށަހެޅުއްވި ކަންތައްތަކުގެ ތެރޭގައި އައްޑޫ އަދި ތިނަދޫގައި އަޅަން އެމަނިކުފާނު ވައުދުވެފައިވާ ބްރިޖް މަޝްރޫއަށް އިންވެސްޓަރުން ހޯދުން ހިމެނޭ ކަމަށާއި އައްޑޫ ބްރިޖް މަޝްރޫއަށް ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އެގޮތުން މިހާރު ވެސް ކުންފުންޏަކުން ޕްރޮޕޯސަލް ހުށައަޅާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިހާރު އެ ޕްރޮޕޯސަލް އިވެލުއޭޓްކުރަމުން މި ގެންދަނީ އަޅުގަނޑުމެންނަށް އެންމެ ރަނގަޅު އަދި ކުރިއަށްގެން ދެވޭނެ ގޮތެއް ބަލަން، ހަމައެއާއެކީ މިކަމަށް ޗައިނާގެ ބޮޑެތި ކުންފުނިތަކުން އެބަހުރި ޝައުގުވެރިކަން ފާޅުކޮށްފައި." މުއްތަލިބު ވިދާޅުވިއެވެ.

300 × 250

ރިޔާސީ ކެމްޕެއިންގެ ތެރެއިން މި ސަރަހައްދުތަކަށް ވަޑައިގެން ވެރިކަމުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި ހިތަދޫއިން ހުޅުމީދޫއަށް އަދި ތިނަދޫއިން ކާޑެއްދޫއަށް އެޅުމަށް ވައުދުވެފައިވާ ބްރިޖް މަސައްކަތް ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

ހިތަދޫ އާއި ހުޅުމީދޫ 23 ކިލޯމީޓަރު ހުންނައިރު، ތިނަދޫ އާއި ކާޑެއްދޫގެ ދުރުމިނުގައި 4.4 ކިލޯމީޓަރު ހުރެއެވެ. އައްޑު ބްރިޖްގެ މަސައްކަތް ހަފްތާ 14 ގައި ހިމަނާފައިވާއިރު އެ މަސައްކަތަށް މިއަހަރުގެ ބަޖެޓުގައި 30 މިލިޔަން ރުފިޔާ ވަނީ ހިމަނާފައެވެ.

ޗައިނާ އިންވެސްޓްމަންޓުތަކަށް ހުޅުވާލި އެހެން މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި ޒީރޯ-ކާބަން ސޭފް އައިލެންޑް ކޮންސެޕްޓަށް ތަރައްގީކުރާ ރަސްމާލެއަށް ބޭނުންވާ ވަސީލަތްތަކާއި 70،000 އެފޯޑަބަލް ހައުސިން ޔުނިޓު އެޅުމާއި އިހަވަންދިއްޕޮޅު ބަނދަރާއި ޓޫރިޒަމް ޒޯން ތަރައްގީ ކުރުން ހިމެނެއެވެ. އަދި 15 ސަރަހައްދެއްގައި ޑޮމެސްޓިކް އެއާޕޯޓު ތަރައްގީކުރުމާއި މަތީފަންތީގެ ރިސޯޓެއް ހިމެނޭ ގޮތަށް ހޮސްޕިޓާލިޓީ އިންސްޓިޓިއުޓެއް ތަރައްގީކުރުން ވެސް ހިމެނެއެވެ.

އިންވެސްޓް މޯލްޑިވްސް ފޯރަމްގެ ތެރެއިން ދަނޑުވެރިކަމުގެ ބިޔަ ޕްރޮޖެކްޓުތަކާއި ކުނި ނައްތާލުމާއި އިއާދަކުރަނިވި ހަކަތަ އާއި ފައިނޭންޝަލް ސާވިސަސްގެ ދާއިރާއިން ވެސް ރާއްޖޭގައި ހުރި އިންވެސްޓްމަންޓުތަކުގެ މައުލޫމާތުވެސް ދީފައިވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި