1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ކާބަން މޮނޮކްސައިޑް ޓްރީޓްކޮށްފައިވާ ކަނޑުމަހުގެ ބާވަތްތައް ބާޒާރުގައި އެބަވިއްކާ: އެމްއެފްޑީއޭ

Tuna Loin Quality CO Treated
ފޮޓޯ: ކާބަން މޮނޮކްސައިޑް ޓްރީޓްމެންޓް ދީފައިވާ މަސް
ޢަޒީޒާ އަފީފް
1,002ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކާބަން މޮނޮކްސައިޑް ޓްރީޓް ކޮށްފައިވާ މަސް ރާއްޖޭގެ ބާޒާރުގައި ވިއްކަމުން ދާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އަންގައިފިއެވެ.

އެމްއެފްޑީއޭ އިން ވިދާޅުވީ އެއޮތޯރިޓީން ނެގި ސާމްޕަލްއަކުން ކަށަވަރުވާ ގޮތުގައި ރާއްޖޭގެ ބާޒާރުގައި ވިއްކާ ކަނޑުމަހުގެ ބާވަތްތައް ކާބަން މޮނޮކްސައިޑް ޓްރީޓްކޮށްފައިވާ ކަމަށާއި އެހެންނަމަވެސް ލޭބަލްތަކުގައި އެމައުލޫމާތު ހިމަނާފައިނުވާކަން ފާހަގަކުރެވޭ ކަމަށެވެ.

ކާބަންމޮނޮކްސައިޑް ޓްރީޓްމެންޓް ދިނުމުން ކަނޑުމަހައި ހުންނަ ތާޒާ ރަތްކުލަ މަހުގައި ދަމަހައްޓައެވެ. މަހުގެ ތާޒާކަން ގެއްލުނަސް އޭގެ ކުލައަކަށް ބަދަލެއް ނާނާނާތީ ތާޒާ މަސް ވަކިކުރަން އުދަގޫކަމަށް އެއޮތޯރިޓީންވަނީ ވިދާޅުވެފައިވެއެވެ.

300 × 250

އެހެންކަމުން މިފަދަ ކަމެއް ޝައްކުކުރެވޭނަމަ އެ އޮތޯރިޓީގެ ވައިބާ ނަންބަރު 7603204 އަށް ފޮޓޯއާއެކު މައުލޫމާތު ހިއްސާ ކުރުމަށް އެ އޮތީރިޓީއިން ވަނީ އެދިފައިއެވެ.

 

 

 

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި