ދިވެހިރާއްޖޭގެ ޖުވެނައިލް ކޯޓުގެ ވެބްސައިޓު އިންޑިއާއިން ހެކުކޮށް އިންޒާރެއް ދީފިއެވެ.

ބާރަތިޔާ ހެކަރުން ކިޔާ ގްރޫޕަކުން ޖުވެނައިލް ކޯޓުގެ ވެބްސައިޓު ހެކުކޮށް ލިޔެފައިވާ އިންޒާރުގައި ވަނީ ވެބްސައިޓް ހެކްކުރީ، ދިވެހި ސަރުކާރުގެ ބައެއް ބޭފުޅުން ދާދިފަހުން ދެއްކެވި ހަރުކަށި އަދި ހަޑިހުތުރު ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުން ކަމަށެވެ.

"މިއީ އިންޒާރެއް ކަމަށް ދެކޭ. އެފަދަ ނަފްރަތު އުފެދޭ ވާހަކަތަކާއި ނަސްލީ ތަފާތުކުރުން ދެމެހެއްޓުން ބަލައެއް ނުގަންނާނަން. ތިޔަބޭފުޅުންގެ ސައިބަރ ސްޕޭސްއަށް ވަރަށް ބޮޑަށް އަސަރުކޮށްފާނެ ފަދަ ފިޔަވަޅުތައް އެޅުމުގެ ޤާބިލުކަން އަޅުގަނޑުމެންނަށް އެބައޮތް.”

އިންޒާރުގެ މެސެޖުގައި އިތުރަށް ބުނެފައިވަނީ މަސްލަހަތު ރަނގަޅުކުރުމަށްޓަކައި މިހާރުން މިހާރަށް މޯދިއަށާއި އިންޑިއާއަށް ކުރާ ފުރައްސާރައަށް ހިތްވަރު ދިނުން ހުއްޓާލައި، އެކަމުގެ ސަބަބުން ކުރިމަތިވެދާނެ ނަތީޖާތަކާމެދު ވިސްނައިލުމަށެވެ.