ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންއާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ޕެންގް ލިޔުއާން މިއަދު ރައީސްގެ ދެކަނބަލުންނަށް ރަސްމީކޮށް މަރުހަބާ ދަންނަވާއިފިއެވެ.

ރައީސުލްޖުމުހޫރިއްޔާ ޑރ.މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ރައީސް ރައީސް ޝީ ޖިންޕިންއާއި ބައްދަލުވުކުރުމަށް ވަޑައިގެންނެވުމުން 21 ބަޑީގެ ސަލާމާއި ޗައިނާގެ އަސްކަރީ ބޭންޑުން ދެ ޤައުމުގެ ޤައުމީ ސަލާމަށް ކުޅެފައި ވެއެވެ.20240110_152211-850x548ހަމައެއާއެކު ރައީސް މުއިއްޒުގެ އަރިހުގައި ރައީސް ޝީ ޖިންޕިންގ ވަނީ ގާޑް އޮފް އޮނަރ ބައްލަވާލައްވާފައެވެ.މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒަށް ޗައިނާގެ އައްޒަތްތެރިން މަރުޙަބާ ވިދާޅުވެ، ތައާރަފްކުރެއްވުމަށްފަހު، ރާއްޖޭގެ ޢިއްޒަތްތެރިން ޗައިނާގެ ރައީސް ޝީ ޖިންޕިންގއަށް ތަޢާރަފްކޮށްދެއްވިއެވެ. ރައީސްގެ މި ދަތުރުފުޅުގައި ރާއްޖެއާއި ޗައިނާސަރުކާރާއި ދެމެދު ބޭއްވެވި ރަސްމީ ވާހަކަފުޅުތަކާއި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށް ހަމަޖެހިފައިވެއެވެ.