ތެލެސީމިއާ ޑީއެންއޭ ޓެސްޓުގެ ހިދުމަތް އާސަންދައިގެ ދަށުން ހެދޭ ގޮތް ހަމަޖައްސައިފިއެވެ.
އެ ޑީއެންއޭ ޓެސްޓަކީ ތެލެސީމިއާ ބަލި ވާރުތަ ކުރޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށް ހެދޭ ޓެސްޓުގެ ތެރެއިން ބައެއް މީހުން އެކަން އިތުރަށް ކަށަވަރު ކުރުމަށް ފުރިހަމަކުރަން ޖެހޭ ޓެސްޓެކެވެ.
ހެލްތް މިނިސްޓްރީން ބުނީ ސިއްހަތާއި ބެހޭ ވުޒާރާއިން މިއަދު ވިދާޅުވީ، ރައްޔިތުންނަށް ދެވޭ ސިއްހީ ހިދުމަތްތައް ހަރުދަނާ ކުރުުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން ޑީއެންއޭ ޓެސްޓު އާސަންދައިގެ ތެރެއިން މިހާރު ހަމަޖެހިގެން ދާނެ ކަަމަށެވެ.
ތެލެސީމިއާގެ ޑީއެންއޭ ޓެސްޓު އާސަންދައިގެ ދަށުން ހެދޭގޮތް ތެލަސީމިއާ ފަރުވާހޯދާ ފަރާތްތަކަށް މިހާރު ދެވޭ ހިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމުގެ އިތުރަށް ހިލޭ ބޯންމެރޯ ޓްރާސްޕްލާންޓް ހެދޭނެ ގޮތް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.
ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ފަސޭހަ އަދި ދެމެހެއްޓެނިވި ނިޒާމެއް ގާއިމްކުރުމުގެ ގޮތުން ކުރުރާސްތާގައި ހުރިހާ އެސެސްމެންޓެއް ހެދި ބޯންމެރޯ ހެދުމަށް ފައިނަލްވާ ކުދިން، ބޯންމެރޯ ހެދުމަށް ކޮންމެ އަހަރަކު ކަނޑައެޅިފައިވާ މިންވަރަކުން ބޯންމެރޯ ހެދުމަށް ފޮނުވަން ވަނީ ފަށާފައެވެ.
ދުރު ރާސްތާގެ ހައްލެއްގެ ގޮތުން 2028 ވަނަ އަހަރުން ފެށިގެން އަހަރަކު 10 ކުދިންނަށް ބޯންމެރޯ ހެދޭނެ އިންތިޒާމު ކަށަވަރުކުރުންވެސް މީގެ ތެރޭގައި ހިމެނެއެވެ. އަދި ވަށާޖެހޭ ހައްލެއްގެ ގޮތުން ތެލަސީމިއާއަށް ހާއްސަ ހޮސްޕިޓަލެއް ޣާއިމުކުރުމަށްވެސް ނިންމަވާފައިވެއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.