1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޔުނާން އަނެއްކާވެސް ހައްޔަރުކޮށްފި

jun
ފޮޓޯ: ޔުނާން ސޯޝަލްމީޑީޔާ
ޝަފްޢަތު ، ހުވަދޫ މީޑީއާ
483ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ ހުޅުމާލެ ކޯޓުން ދޫކޮށްލި ފިލްމީތަރި މުހައްމަދު ޔުނާން ހައްޔަރުކޮށްފިއެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ޔުނާން އާއި އޭނާގެ އަނބިމީހާ ފާތިމަތު ރިހުލާ ހައްޔަރުކޮށް، ދައުވާކުރީ ޑިސެމްބަރު 2020 ގައެވެ. އަދި މިދިޔަ މާޗް މަހު ރިހުލާ ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ.

ހުޅުމާލޭ ކޯޓުން ޝަރުތުތަކާ އެކުގައި ޔުނާން ދޫކޮށްލީ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ.

300 × 250

އެ މައްސަލަ ޕީޖީން ހައިކޯޓުގައި އިސްތިއުނާފު ކުރިއިރު، ހައިކޯޓުން އިއްޔެ ވަނީ ޔުނާން ބަންދުން ދޫކޮށްލާފައިވަނީ، މުޖުތަމައުގެ ސަލާމަތަށްޓަކައި ޔުނާން ބަންދުކުރި ހާލަތު ބަދަލުވެގެން ނޫންކަން އެނގެން އޮތުމާއި، އޭނާ ބަންދުން ދޫކޮށްލުމުގައި ދަށު ކޯޓުން ކޮށްފައިވާ ޝަރުތަކަކީ، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭފަދަ ޝަރުތުތަކެއް ކަމަށް ނުފެންނަ ކަމަށް ބުނެފައެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު "ވަގުތު"އަށް ވިދާޅުވީ، ޔުނާން އަލުން ހައްޔަރުކޮށްފައި ވަނީ އޭނާގެ ފަރާތުން މުޖުއަމަތުއަށް ނުރައްކާ އޮތް ކަަމަށް ހައިކޯޓުން ނިންމުމާއެކު، މިއަދު ކަމަށެވެ.

މީގެ ކުރިން ޕީޖީން ވަނީ ޔުނާން ބަންދުން ދޫކޮށްލިއިރު، ޝަރުތުތަކާއި ހިލާފަށް ބޭރުގައި އުޅޭތީ އަލުން ބަންދުކޮށްދޭން ކޯޓުގައި އެދިފައެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ޔުނާންގެ މައްޗަށް ނުވަ ދައުވާއެއް، އަދި ރިހުލާގެ މައްޗަށް ފަސް ދައުވާއެއް ކުރެއެވެ. މިހާރު މިމައްސަލަ ހުޅުމާލެ ކޯޓުގައި އޮތީ ނިމުމަކާ ގާތަށް ގޮސްފައެވެ.

ޕީޖީ އޮފީހުން މިދެމަފިރިންގެ މައްޗަށް ކޮށްފައިވާ ދައުވާތަކަށް ބަލާއިރު،އުމުރު ދުވަހަށްވުރެ ދިގު ޖަލު ހުކުމްތަކެއް އަންނާނެއެވެ. ކޮންމެ ދައުވާއެއްގައި މަދުވެގެން 15 އަހަރުގެ ޖަލު ހުކުމްތަކެއް ހުރިއިރު، މިއިން ކޮންމެ ދައުވާއެއް ކޮށްފައިވަނީ ވަކި ދައުވާތަކެއްގެ ގޮތުގައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި