ޔުނައިޓެޑް އަރަބް އެމިރޭޓްސްއާއި ތައިލެންޑްފަދަ ކުރިއަރާފައިވާ ޤައުމުތަކުން، އެތަންތަނުގައި އެކޮމޮޑޭޝަންވެސް ލިބޭގޮތަށް އާސަންދަ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީޗައިނާއަށް އެމަނިކުފާނު ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރާއްޖެއަށް ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ހެލްތް ފެސިލިޓީތައް ރަނގަޅުވަންދެން ދިވެހިން ދެން ދާނީ ރާއްޖެއިން ބޭރުން ޚިދުމަތް ހޯދާ، މިހަރަށްވުރެ ރަނގަޅު ފެންވަރުގެ ހޮސްޕިޓަލުތަކަށް ކަމަށެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.