1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މާރިޗް 15ގެ ކުރިން އިންޑިޔާސިފައިން ފޮނުވާލަން ހައިލެވެލް ކޮމިޓީގެ މަޝްވަރާތައް ކުރިއަށްދަނީ!

higt
ފޮޓޯ: ދެން
އައިޝަތު ކަރަމް
334ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މާރިޗް 15 ކުރިން އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފައިވާތީ، އެކަމުގެ މަޝްވާރަތައް ކުރިއަށްދާ ކަމަށް ރައީސް އޮފީހުން މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ތިބެން ދިވެހި ރައްޔިތުން ބޭނުން ނުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި ވެރިކަމުގެ ފުރަތަމަ ހަފްތާގެ ތެރޭގައި އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ފަށައިގެން ދަނީ ކުރިއަށެވެ.

އިންޑިއާ ސަފީރު ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު މުނޫ މަހާވަރާއި އިންޑިއާގެ ޑިޕްލޮމޭޓުންގެ ވަފުދެއް މިއަދު ފޮރިން މިނިސްޓްރީއަށް ވަޑައިގެން މަޝްވަރާތަކެއް ދަނީ ކުރިއަށެވެ.

300 × 250

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް ވިދާޅުވީ އިންޑިއާ ސިފައިން ފޮނުވާލުމުގެ މަސައްކަތާއި ގުޅިގެން މިހާތަނަށް ސަރުކާރުން 11 ބައްދަލުވުން ބާއްވާފައިވާ ކަމަށެވެ. އަދި މިއަދު 12 ވަނަ ބައްދަލުވުން ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ މިއަދު ކުރިއަށްދާ ބައްދަލުވުމުގައި އިންޑިއާގެ ސަފީރާއި ޖޮއިންޓް ސެކްޓްރީއާއި އިންޑިއާގެ އިސް ފަރާތްތައް ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައްދަލުވުމުގެ އެޖެންޑާ އައިޓަމެއްގެ ގޮތުން މާރޗް މަހުގެ 15 ކުރިން އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް އެދިވަޑައިގެންފައިވާ ކަމަށާއި އެ މަޝްވަރާތައް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ބައްދަލުވުން ހަވީރު 5 ޖަހަންދެން މިއަދު ކުރިއަށްދާނެ ކަމަށާއި ޑޯނިއާ އޮޕަރޭޓް ކުރުމަށް މިލިޓަރީ އިންޑީއާގެ މިލިޓަރީ ބޭފުޅުން ތިބިނަމަވެސް އެމީހުން ވެސް ރާއްޖެއިން ދިޔުމަށް ސަރުކާރުން އެދޭނެ ކަމަށެވެ. އަދި އޭގެ ބަދަލުގައި ސިވިލް މީހުން ތިބުން އެއީ މައްސަލައެއް ނޫން ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

ރާއްޖޭގައި އިންޑިއާގެ 88 ސިފައިން ތިބި ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި