ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ކާގޯ ޓާމިނަލް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހުޅުއްވައި ދެއްވައިފިއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ކާގޯ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ހަވީރު ވެލާނާއިންޓަރނޭޝަނަލް އެއާޕޯޓުގެ ކާގޯ ޓަރމިނަލްގައެެވެ.
ކާގޯޓާމިނަލް ހުޅުއްވައި ދެއްވުމަށް ފަހުގައި ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ވަނީ، އެޓާމިނަލްގެ ޚިދުމަތްތަކާއި އިންތިޒާމްތައް ހަމަޖެހިފައި ހުރިގޮތް ބައްލަވާލައްވާފައެވެ.
ވައިގެމަގުން ރާއްޖެއަށް އެތެރެކުރާ މުދާތައް ޕޯޓުން ބޭލުމުން ފެށިގެން ކަސްޓަމަރާ ހަމައަށް ރައްދު ކުރުމާއި އަދި ރާއްޖެއިން ބޭރަށް ފޮނުވާ މުދާ ޗެކްކޮށް ބޯޓަށް އެރުވުމުގެ މަސައްކަތްވެސް ކުރަމުންދަނީ އެމްއޭސީއެލްގެ ކާގޯ ސަރވިސަސްއިންނެވެ. މި ހިދުމަތް ދެމުން އަންނަތާ މިވަނީ ސާޅީސް އަހަރު ދުވަސް ވެފައެވެ. އަދި މިހުރިހާ ހިދުމަތެއް މިވަގުތާ ހަމައަށް ދެމުން އައި ޓާމިނަލްގެ ޖާގައަކީ އަހަރެއްގެ މައްޗަށް 50 ހާސް ޓަނުގެ ކާގޯ ނަމަވެސް އެޓާމިނަލުން އަހަރަކު 75 ހާސްޓަނަށް ވުރެ ގިނަ މުދާ ހެންޑްލްކުރެއެވެ. ވީއައިއޭ އިން ކާގޯގެ ހިދުމަތް ދެމުން އަންނަތާ 40 އަހަރު ވެފައިވާއިރު ހެންޑްލް ކުރާ ކާގޯ އެތައް ގުނައަށް އިތުރުވެ ޓާމިނަލް ކުޑަވެ ބާވެ އެތައް ދަތިކަމެއް ދިމާވެފައި ވާތީ، އެކަމަށް ގެނައުމަށް ސަރުކާރުން އިއުލާންކޮށް، މުޅިން އާ ކާގޯ ޓާމިނަލް މިހާރު މިވަނީ ގާއިމުކޮށްފައެވެ. މިއަދު މިޓާމިނަލް ހުޅުވާ ހިދުމަތް ދޭން ފަށާއިރު މިއީ ކުރީގެ ޓާމިލަށްވުތެ 3 ގުނަ ބޮޑު ޓާމިނަލެކެވެ. ބޮޑުމިނުގައި 11628، އެގާރަހާސް ހަސަތޭކަ އަށާވީސް އަކަ މީޓާރު ހުންނާނެއެވެ. އާ ކާގޯ ޓާމިނަލުން، އަހަރެއްގެ މައްޗަށް އެެއްލައްކަ ވިހިހާސް ޓަނު ހެންޑްލް ކުރެވޭނެއެވެ. އާކާގޯ ޓާމިނަލްގެ މުވައްޒަފުންނާއި ކާގޯގެ ހިދުމަތް ހޯދާ ފަރާތްތަކަށް ހާއްސަކޮށް 3 ބުރީގެ އޮފީސް އިމާރާތެއް ވަނީ ގާއިމު ކުރެވިފައެވެ. މި އޮފީސް އިމާރާތުގައި އެއާލައިން ކާގޯ އަދި ކާގޯ ބްރޯކަރުންނަށް ހާއްސަ 55 އޮފީސް ގާއިމުކޮށްފައިވެއެވެ. 2018 ވަނަ އަހަރުގެ ޖަނަވަރީ މަހު މިޓާމިނަލްގެ މަޝްރޫއު އިފްތިތާހު ކޮށްދެއްވައި ބިންގާ އަޅުއްވައިދެއްވީ މިހާރުގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައިދެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.