1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ސަރުކާރުގެ ޓްރޭޑް ވަފުދެއް އެމެރިކާ އަށް ދިއުމަށް ފުރުސަތުލިބިއްޖެ: ވަޒީރު ސައީދު

utyu
އިޤްތިޞާދީ ވަޒީރު މުހައްމަދު ސައީދު.....ފޮޓޯ: ރައީސްއޮފީސް
ޝަފްޢަތު ، ހުވަދޫ މީޑީއާ
254ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ސަރުކާރުގެ ޓްރޭޑް ވަފުދެއް އެމެރިކާ އަށް ދިއުމަށް ފުރުސަތު ލިބިފައިވާ ކަމަށް އިޤްތިޞާދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ކާގޯ ޓާމިނަލް ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ސައީދު ވިދާޅުވީ އެމެރިކާގެ ޓްރޭޑް ރިޕްރެޒެންޓޭޓިވްއާ ބައްދަލު ކުރަށްވާފައިވާ ކަމަށާއި ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ދިނުމާ ގުޅޭ ގޮތުން އެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ކަމަށެވެ.

އޭގެ އިތުރުން ސަރުކާރުގެ ޓްރޭޑް ވަފުދެއް އެމެރިކާއަށް ދިއުމުގެ ފުރުސަތު އެބައްދަލުވުމުގެ ތެރެއިން ލިބިފައިވާ ކަމަށާއި، މިއީ މިފަދަ ފުރުސަތެއް ދިވެހި ސަރުކާރަކަށް ލިބުނު ފުރަތަމަ ފަހަރުކަމަށް ސަޢީދު ވިދާޅުވިއެވެ.

300 × 250

"މިއަދު އަޅުގަނޑުމެންނަށް އެމެރިކާގެ ޓްރޭޑް ރެޕްރެޒެންޓިވްއާ ދިވެހިރާއްޖޭގައި ބައްދަލު ކުރެވުނު. ރޭގައި އަޅުގަނޑު ކައިރީ ރައީސް ވިދާޅުވީ ޕޭޕަލްގެ ވާހަކަ ދަންނަވާށޭ،" ސައީދު ވިދާޅުވިއެވެ.

ސަޢީދު ވިދާޅުވީ އެކަމުންވެސް ދައްކައިދެނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދުރު ވިސްނުމާއި ގާބިލްކަމާއި ކެރިވަޑައިގަތުން ކަމަށެވެ. އަދި އެމަނިކުފާނުގެ ކެބިނެޓުގައި ހިމެނޭ ވަޒީރެއްގެ ހައިސިއްޔަތުން އެކަމާމެދު ފަހުރުވެރިވާ ކަމަށްވެސް ސައީދު ވިދާޅުވިއެވެ. ހަމައެއާއެކު ރައީސްގެ ކެބިނެޓުން ވަނީ އެމަނިކުފާނުގެ ލަފާފުޅާއި އެއްގޮތަށް ކްރިއޭޓިވް އިކޮނޮމީއެއް ގާއިމްކޮށް ކްރިއޭޓަރ އިކޮނޮމީއާއި ކޮންޓެންޓު ކްރިއޭޝަންއަށް މަގުފަހި ކުރުމަށް ޕޭޕާލް ރާއްޖެއަށް މުހިންމު ކަމަށް ފާހަގަކުރައްވާފައިވާ ކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.

ސަޢީދު މިމޭރުމުން ވިދާޅުވެފައިވާއިރު ރާއްޖޭގައި އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ފައިސާގެ މުއާމަލާތުކުރުމަށްް ހުރި ދަތިތައް ފަސޭހަކުރުމަށް އެމެރިކާ ސަރުކާރާ މަޝްވަރާކުރެވި ޕޭޕަލްގެ ހިދުމަތް ރާއްޖެ ގެނެއުމަށް މަސައްކަތް ކުރާކަމަށް ޕްރިންސަޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

އެގޮތުން ބޭންކް އޮފް މޯލްޑިވްސްއާ ގުޅިގެން އީ-ވޮލެޓްގެ ހިދުމަތް ތައާރަފްކުރުމަށް ސަރުކާރުން މިހާރުވަނީ ނިންމާފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި