ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދެމުން އަންނަ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށްފިއެވެ.
ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ވައިގެ މަގުން ދުނިޔޭގެ އެހެން މަންޒިލްތަކަށް ފޮނުވައިދިނުމުގެ ޚިދުމަތް ރަސްމީކޮށް ފެށުމާއެކު ކެމްބޯޑިއާ ވެފައިވަނީ މި ޚިދުމަތުގެ ތެރެއިން ރާއްޖެއަށް މުދާ ގެންނަން ފެށި 4 ވަނަ ޤައުމަށެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފައިވާ ގޮތުގައި، ކެމްބޯޑިއާއިން ރާއްޖެ ގެނައި ފުރަތަމަ ޝިޕްމެންޓް މިހާރު ވަނީ ވައިގެ މަގުން މަންޒިލަށް ފޮނުވާފައެވެ. ސީއީއެފް ލޮޖިސްޓިކްސް މެދުވެރިކޮށް ގެނައި މި މުދާ ފޮނުވާލާފައިވަނީ ޤަތަރު އެއަރވޭސްގެ ބޯޓެއްގައެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.