ގދ. ތިނަދޫ ކުނިގޮނޑުގައި ރޯވިތާ ތިން ގަޑިއިރަށްވުރެ ގިނަ އިރު ވި ފަހުން އަލިފާންގަނޑު ނިއްވާލައިފިއެވެ.

ތިނަދޫ ކުނިގޮނޑުގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ތިނަދޫ ފަޔަރ ސްޓޭޝަނުން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން ގޮސްފައިވާ ކަަމަށް އެމްއެންޑީއެފް އިން ރޭގައި ވަނީ ހާމަކޮށްފައެވެ.

މި ހާދިސާގެ މައުލޫމާތު ލިިބިފައި ވަނީ ރޭ 18:47 ހާއިރު ކަމަށްވެސް ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ފަހުން ބުނ" ތިނަދޫ ފަޔަރ ސްޓޭޝަނުން އެރަށު ކުނިގޮނޑުގައި ރޯވި އަލިފާން ނިއްވާލެވުނީ ރޭ 22:20 ހާއިރު ކަމަށެވެ.

މީގެ ހަ ދުވަސް ކުރިން ޅ. ނައިފަރު ކުނިގޮނޑުގައި ރޯވެގެންވެސް ސިފައިން ހަރަކާތްތެރިވެފައި ވެއެވެ.