ތިނަދޫ ސިޓީ ކައުންސިލް މެމްބަރު, އައިޝަތު ލިއުޝާ ޒުބައިރު އަށް ފުރައްސާރަކޮށް ހަޑިމުޑުދާރު ބަސްތަކުން މުޙާތަބް ކޮށް އަބުރު ކަތިލުމަށް ކުރަމުންދާ މަސައްކަތްތައް މިހާރުން މިހާރަށް ހުއްޓާލުމަށް އެ ކައުންސިލްގެ ރައީސް ސަޢުދު އަލީ ގޮވާލައްވައިފިއެވެ.
ތިނަދޫ ސިޓީ ރައީސް މިހެން ވިދާޅުވީ މިހާރު ކުރިޔަށްދާ ޕީޕީއެމް ޕީއެންސީ ޕުރައިމަރީ ގައި ތިނަދޫ އުތުރު ދާއިރާ މަޖްލިސް މެމްބަރު ކަމަށް ވާދަ ކުރައްވަން، މިހާރު ތިނަދޫ ސިޓީ ކައުންސިލް މެމްބަރު ޢައިޝަތު ލިއުޝާ ޒުހައިރު ނިކުމެ ވަޑައިގެންނެވި ވަގުތު ފޭސްބުކްގައި ވަގު އައިޑީ ތަކަކުން އެކަމަނާއަށް ބޭއަދަބީ ބަސްތަކުން ފުރައްސާރަ ކުރަމުން ދާތީއެވެ.
ސައުދު ޢަލީ އޭނާގެ ފޭސްބުކް ގައި އިއްޔެ ލިޔުއްވާފައިވާ ޕޯސްޓްގައި ވަނީ މިނިވަން ދީމިޤްރާތީ ވެއްޓެއްގަ ބާއްވާ އެކި އިންތިޚާބްތަކުގައި އެ ބަޔަކު ނިސްބަތްވާ ޕާޓީއަކުން ބާއްވާ ޕްރައިމަރީ ތަކުގައި ބައިވެރިވުމުގެ ފުރުޞަތު ކޮންމެ ފަރާތަކަށްވެސް އޮންނަ ހިނދު ޒާތީ ހަސަދަވެދިކަމާ ވާދަވެރިކަން ހައްދުފަހަނައަޅައިގސް ދޮގު އިލްޒާމްއަޅުވައި އަބުރުކަތިލުމާ އަގު ވައްޓާލުމުގެ ގޮތުން ސަޕޯޓަރުން ލައްވާ ކިއުއްވާ ބޭއަދަބީ އެއްޗިއްސަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި
ތިނަދޫ ސިޓީ ކައުންސިލް މެމްބަރ ލިއުޝާ ޒުބައިރު އަކީ ރައްޔިތުން އިންތިޚާބު ކޮށްފައިވާ މެމްބަރަކަށް ވާއިރު އެތެރޭގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު މެމްބަރު ލިއުޝާއަށް އޮންނަންޖެހޭ ކަމަށް ވިދާޅުވެ
ފުރައްސާރަކޮށް ހަޑިމުޑުދާރު ބަސްތަކުން މުޙާތަބް ކޮށް އަބުރު ކަތިލުމަށް ކުރަމުންދާ މަސައްކަތްތައް މިހާރުން މިހާރަށް ހުއްޓާލުމަށް ތިނަދޫ ސިޓީ ރައީސް ސައުދު ޢަލީ ގޮވާލައްވާފައިވެއެވެ. އޭގެ އިތުރުން ތަހުޒިބީ ވެއްޓެއްގަ މިނިވަންކަމާއެކު ކެމްޕެއިންކޮށް ކާމިޔާބު ޕްރައިމަރީއެއް ބޭއްވުމަށް ބާރުއެޅުމަށް ޕްރައިމަރީ ތައް ބޭއްވުމަށް ތައްޔާރުވެފައިވާ އެންމެހާ ޕާޓީތަކަށްވެސް ގޮވާލައްވާފައެވެ.
ބޭއަދަބީ ބަސްތައް ބޭނުންކޮށް ތިނަދޫ ކައުނަސިލްގެ މެމްބަރެއްގެ އަގު ވައްޓާލަމުން ދާތީ ތިނަދޫ ދެކުނު ދާއިރާ މެމްބަރު އަބްދުﷲ ސަނީފް ވެސް ވަނީ އެކަން ހަރުކޮށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.