ފަރުކޮޅުފުށިން ލިބިފައިވާ ބިމުގައި ބުޅާ ފެސިލިޓީ ހެދުމަށް ސަރުކާރުން ނިންމައިފިއެވެ.
މިކަން ހާމަކުރެއްވީ، ރައީސް އޮފީހުގައި މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ނިންމި ކަންކަމުގެ މައުލޫމާތު ހިއްސާކުރުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމެވެ.
ސިޓީސް، ލޯކަލް ގަވަމެންޓު އެންޑް ޕަބްލިކްސް ވޯކްސް މިނިސްޓްރީގެ ފަރާތުން ވަނީ މާލޭގެ މަގުތަކުގައި ބުޅާ ގިނަވަމުންދާތީ، އެކަން ހައްލު ކުރުމަށް، ޕެޓް ކެއާ ފެސިލިޓީއެއް ގާއިމުކުރުމަށް ކެބިނެޓަށް ހުށަހަޅާފައި ކަމަށެވެ.
"މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާއާ މާލެ ސިޓީއާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން މި ޕެޓް ކެއާގެ ފެސިލިޓީ ގާއިމުކޮށް، ކ. ފަރުކޮޅުފުށީގައި ހަމަޖެހިފައިވާ ބިމުން ބައެއްގައި ކެޓް ސެންޓަރެއް މާލެ ސިޓީ ކައުންސިލުން ގާއިމުކޮށް، އެތަނަށް މާލެ މަގުތަކުގައި އުޅޭ ބުޅާތައް ބަދަލުކޮށް ކެޓް ޝެލްޓާގެ ހިދުމަތް އެތަނުގައި ގާއިމުކުރުމަށް ވަނީ ނިންމާފައި،" ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ޕެޓް ކެއާ ފެސިލިޓީ ހެދުމަށް ބޭނުންވާ ބިން ވަނީ ހަމަޖެހިފައި ކަމަށެވެ.








ޚިޔާލު (1)
ބުޅާ ފެސިލިޓީ އަޅަން ހަވަރު ތިނަދޫގައި ހިއްކާފައި އޮތް 64 ހެކްޓަރު ކިހިނެއްވާނެތޯއެވެ. އިންސާނުންނަށް އެތަނުން ގޯތި ނުދެންޏާ ޖަނަވާރުންނަށް އެތަނުން ގޯތިދީގެންވިޔަސް އެތަނުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފަންއެބަޖެހެއެވެ. ބުޅާ ފެސިލިޓީ ހަދާއިރު ވަރަށް ކޮންޑިޝަނަލް ކޮން ހެދީމާ ވަރަށް ފުރިހަމަވާނެކަމަށް ބިބަލަނީ. އޭރުން ބުޅަލާއެކު ތިނަދޫގެ އާބާދީ 10000 ހަމަވެ މޭޔަރަކަށްވެސް ބުޅަލެއް ލެވިދާނެއެވެ. މިޔަރަކަށްވުރެ ބުޅަލެއްވެސް މޭޔަރަކަށް ރަނގަޅުވާނެއެވެ