20 ވަނަ ރައްޔިތުންގެ މަޖްލިސްގެ ގދ ތިނަދޫ އުތުރު ދާއިރާއަށް ނުކުތުމަށް ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީގައި ވާދަ ކުރައްވާ ޢައިޝަތު ލިއުޝާ ޒުބައިރު, ގިނަ ބަޔަކާއެކު ނުކުުމެވަޑައިގެން ކެމްޕެއިން އިތުރަށް ފުޅާ ކޮށްފިއެވެ. އިއްޔެ ހަވީރު ކުރިޔަށް ގެންދިޔަ ޑޯޓުޑޯގެ ހަރަކާތުގައި ލިއުޝާ އަށް ތާއީދު ކުރާ ގިނަ ބަޔަކު ބައިވެރިވި އިރު ގޭގެޔަށް ޒިޔާރަތް ކޮށް ބައްދަލު ކުރެއްވި ފަރާތްތަކުން ވަނީ ވަރަށް އުއްމީދީ ވާހަކަތައް ޙިއްޞާ ކޮއްފައި ކަން ފާހަގަ ކުރެވެއެވެ. ލިއުޝާގެ ކެމްޕެއިން ޓީމުން ބުނި ގޮތުގައި އިންތިޚާބު ކާމިޔާބު ކުރުމަށް ކުރިންވެސް ގިނަ ކަންތައް ކުރިޔަށް ގެންގޮސްފައި ވާނެ ކަމަށާއި އަދި ވޯޓުލުމާ ހަމަޔަށް އެކި މަސައްކަތްތައް ވަރަށް ބާރަށް ކުރިޔަށް ގެންދާނެ ކަމަށެވެ.

Rayyithunge Majlis Thinadhoo Uthuru dhaairah Aishath Liusha Zubair ☑️ #ppmpncprimary #liusha2024 #VotePpmPnc #Majlis2024 #dhivehingeraajje Posted by Liusha 2024 on Sunday, January 21, 2024

ތިނަދޫ ކައުނަސިލްގެ މެމްބަރުކަން މިހާރުވެސް ކުރަމުން ގެންދަވާ ލިއުޝާ ވިދާޅުވީ މާތްﷲ ގެ ވާގިފުޅާ ތިނަދޫ އުތުރު ދާއިރާ ފުރިހަމަ ތާޢީދާއެކު ފުރަތަމަ ފަހަރަށް ތިނަދޫ ދާއިރާ އަށް ނިސްބަތްވާ މަޖްލިސް ގޮނޑި، ޕީޕީއެމް ޕީއެންސީ އަށް ކަށަވަރު ވޭތޯ ގިނަ ގުނަ މަސައްކަތްތަކެއް ފަސްޖެހުމެއް ނެތި ކުރަމުން ގެންދަވާނެ ކަމަށެވެ.