އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމަށް ގދ. ތިނަދޫ، ވިނަވި ބބޝަޒުހަތު ލަތީފް އައްޔަނުކުރައްވައިފިއެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ވަނީ މިކަން ރަސްމީކޮށް އިއުލާނު ކުރައްވާފައެވެ.
ޕީސީބީން ހާމަކުރި ގޮތުގައި ޝަޒުހަތު ލަތީފް އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ ބޯޑަށް އައްޔަނުކުރައްވާފައިވަނީ އެކައުންޓިންގ އެންޑް ފައިނޭންސް ދާއިރާގެ މެންބަރެއްގެ ގޮތުގައެވެ. މިއީ އެ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، މާލީ ކަންކަމުގައި ލަފާދިނުމަށް އިތުރު ކުރެވުނު މުހިންމު ބޮޅެކެވެ.
ޝަޒުހަތު ލަތީފަކީ މާލީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އޭނާ ވަނީ ޔުނިވަރސިޓީ އޮފް ބެޑްފޯޑްޝަޔަރއިން ފައިނޭންސްގެ ދާއިރާއިން މާސްޓަރޒް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (MBA) ހާސިލުކުރައްވާފައެވެ. މީގެ އިތުރުން، ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑުން އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިން ބެޗްލަރ އޮފް އާޓްސް (އޮނަރސް) ވެސް އޭނާ ވަނީ ފުރިހަމަކުރައްވާފައެވެ.
މަސައްކަތުގެ ތަޖުރިބާއަށް ބަލާއިރު، ޝަޒުހަތު ގެންދަވަނީ 2017 ވަނަ އަހަރުން ފެށިގެން މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްގެ ބަޖެޓް އެނަލިސްޓެއްގެ މަގާމު އަދާކުރައްވަމުންނެވެ. އޭނާގެ މަސައްކަތުގެ ތެރޭގައި އަހަރީ ބަޖެޓް އެކުލަވާލުމާއި، ބޭސްލައިން ބަޖެޓް ވަޒަންކުރުމާއި، ޚަރަދުތައް ދިރާސާކުރުމުގެ އިތުރުން ފިސްކަލް ރިސްކް އެސެސްމަންޓް ހެދުން ހިމެނެއެވެ.
ހަމައެއާއެކު، ސަރުކާރުގެ އެކި އިދާރާތަކަށް ބަޖެޓާ ގުޅޭ އިރުޝާދު ދެއްވުމާއި، "ބަޖެޓް ސްޓެޓިސްޓިކްސް ބުކް" އަދި "ފިސްކަލް ރިސްކް ސްޓޭޓްމަންޓް" ފަދަ ދައުލަތުގެ މުހިންމު މާލީ ލިޔުންތައް ތައްޔާރުކުރުމުގައިވެސް ޝަޒުހަތު ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ. މި ތަޖުރިބާތަކާއެކު އޭނާ ބޯޑަށް އައްޔަނުކުރުމަކީ އެގްރޯ ނެޓްގެ މާލީ ނިންމުންތަކަށް ލިބޭނެ ކުރިއެރުމެއް ކަމަށް ބެލެވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.