މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ފުވައްމުލަކުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާ މަރުވެއްޖެއެވެ. އެ އެކްސިޑެންޓު ހިނގާފައި ވަނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ، ފާރެއްގައި ޖެހުމުންނެވެ. އެކްސިޑެންޓުގައި އަނިޔާވި 30 އަހަރުގެ ފިރިހެން މީހާއަށް ފުވައްމުލަކު ހޮޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާއަށް މާލެ ގެނައީ އެ ރޭގެ ވަގުތެއްގައެވެ. އައިޖީއެމްއެޗަށް ގެނެސް މިމީހާއަށް ފަރުވާ ދެމުން ދިޔައީ ވެންޓިލޭޓަރުގައެވެ. އިމްޖެންސީ ރޫމުގައި ފަރުވާ ދިނުމަށް ފަހު އޭނާގެ ހާލު ނާޒުުކު ކަމުން އައިސީޔޫއަށް ބަދަލުކުރީ އިއްޔެ އެވެ. އެ މީހާ މިއަދު މަރުވެފައިވާކަން އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލަކު ވަނީ ކަށަވަރުކޮށްދެއްވައިފައެވެ. އެ މީހާ މަރުވީ މިއަދު ހެނދުނު 8:30 ހާއިރު އެވެ.
ފުވައްމުލަކުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާ މަރުވެއްޖެ

300 × 250







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.