ކޮންގްރެސް ކޯލިޝަނުގެ މަޖިލިސް އިންތިހާބުގެ ޕްރައިމަރީ އަނެއްކާވެސް ލަސް ކޮށްފިއެވެ.
އިތުބާރު ހުރި ފަރާތަކުން މި ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މަޖިލިސް ޕްރައިމެރީ ލަސް ކޮށްފައިވަނީ ގއ. އަދި ގދ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބު ދެން އޮންނާނެކަމަށް ބެލެވެނީ 3 ފެބްރުއެރީ 2023 ގައެެވެ.
ޕީއެންސީން އެ ޕާޓީގެ ޕްރައިމަރީ ބޭއްވުމަށް އެންމެ ފުރަތަމަ ނިންމާފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. އޭގެ ފަހުން ނިމިދިޔަ ޑިސެމްބަރު 23 ވަނަ ދުވަހު ޕްރައިމަރީ ބޭއްވުމަށް އަވަސްކޮށްފައި ވެއެވެ. އެހެންނަމަވެސް އަނެއްކާވެސް މިމަހުގެ 20 ވަނަ ދުވަހު ބާއްވާ ގޮތަށް ނިންމިއެވެ.
މިއަދާ ހަމަޔަށް ވެސް ޕީއެންސީން ވަނީ އެ ޕާޓީގެ ޕްރައިމަރީ މިމަހުގެ 27 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމާފައެވެ. މިހާރު ލަސް ކޮށްފައިވަނީ ހުވަދު އަތޮޅުގެ ރަށްތަކުގެ ޕްރައިމެރީއެވެ.
ރައްޔިތުންގެ މަޖިލިސް އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވަފައިވަނީ ރަމަޝަން މަސް ތެރޭގައެެވެ. މި ފަހަރު އިންތިހާބުގައި ވާދަ ކުރައްވަނީ ޖުމްލަ 93 ދާއިރާއެކެވެ. އެއީ އިތުރުވި 6 ދާއިރާއާއެކުގައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.