1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޒަކާތު ހައުސް ވެބްސައިޓް ލޯންޗްކޮށްފި

zaka
ފޮޓޯ: ޕީއެސްއެމް..... ޒަކާތް ހައުސް ވެބްސައިޓް އިފްތިތާހު ކުރުން
ޝަފްޢަތު ، ހުވަދޫ މީޑީއާ
373ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދިވެހިރާއްޖޭގެ ޒަކާތު ހައުސް ވެބްސައިޓް ލޯންޗްކޮށްފިއެވެ.

މި ވެބްސައިޓް ލޯންޗްކޮށްދެއްވީ އިސްލާމީ މަރުކަޒުގެ އިސް އިމާމް ޝައިހް މުހައްމަދު ލަތީފްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވީ، މި ވެބްސައިޓްގެ އެންމެ މުހިންމު އެއް ބޭނުމަކީ ޒަކާތާއި ބެހޭގޮތުން ކުރެވޭ އެންމެހައި މުއާމަލާތްތައް ރައްޔިތުންނާއި ގާތަށް ގެނެސްދިނުންކަމަށެވެ. އަދި މި ވެބްސައިޓް މެދުވެރިކޮށް ޒަކާތު ފަންޑު ހިނގަމުންދާ ގޮތުގެ ތަފްސީލްތައް ރައްޔިތުންނަށް ކިޔައިދެވިގެންދާނެކަމަށް ޝަހީމް ވިދާޅުވިއެވެ.

300 × 250

ޝަހީމް ވިދާޅުވީ، އަމާޒަކީ ދިވެހިރާއްޖޭގެ ޒަކާތުގެ ދާއިރާއިން ކުރެވިފައި ހުރި ތާރީހީ މަސައްކަތްތައް އެއްތާކުން ފެންނަން ހުންނާނެގޮތް ހެދުންކަމަށެވެ. އަދި އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން މީގެކުރިން ކޮށްފައި ހުރި މުހިންމު ކަންކަންވެސް މި ވެބްސައިޓުން ފެންނަން ހުންނާނެފަދަ ގޮތަކަށް އިންތިޒާމްތައް ބައްޓަން ކުރައްވާނެކަމަށް ޝަހީމް ވިދާޅުވިއެވެ.

"ޒަކާތާއި ގުޅޭ ދާއިރާއިން ފޮތްތައް ލިޔެ ދިރާސާތައް ކޮށްފައި ހުރި ފަރާތްތައް އެބޭފުޅުންގެ ފޮތްތަކާއި ދިރާސާތައް ވެބްސައިޓްގައި ޕަބްލިޝް ކުރެއްވުމަށް މިނިސްޓްރީއަށް ހަދިޔާކުރެވޭނެ." ވަޒީރު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިފްތިތާހުކޮށްދެއްވީ މިމަހުގެ 2 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. "ދިވެހިރާއްޖޭގެ ޒަކާތު ހައުސް" އަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން އުފެއްދެވި އިދާރާއެކެވެ. އެމަނިކުފާނު މި އިދާރާ އުފެއްދެވީ 18 ޑިސެމްބަރު 2023 ގައެވެ. މިއީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދަށުން ހިންގުމަށް ނިންމަވާފައިވާ ތަނެކެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ޤާއިމުކުރެއްވީ، ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތާއި، ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތަށް ޒަކާތު ފަންޑު ތަރައްޤީކުރުމުގެ މަސައްކަތްކުރުމުގެ ބޭނުމުގައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި