1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގެ ސުޕަރ މެޖޯރިޓީ ކާމިޔާބު ކުރާނަން: ރައީސް

uin
ޕީޕީއެމް ޕީއެންސީ މަޖިލިސް ޕްރައިމަރީގައި ރައީސް މުއިއްޒު ވޯޓު ދެއްވުމަށްފަހު މީޑިއާއަށް މައުޅޫމާތުދެއްވަނީ -ފޮޓޯ: ދުވަސް
ޝަފްޢަތު ، ހުވަދޫ މީޑީއާ
301ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ޕީޕީއެމް/ޕީއެންސީން މަދުވެގެން 62 ގޮނޑިއާއެކު މަޖިލިސް އިންތިހާބުގެ ސުޕަރ މެޖޯރިޓީ ކާމިޔާބު ކުރައްވާނެ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޕީޕީއެމް/ޕީއެންސީ ގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާ ގޮތް ބެއްލެވުމަށް ހެންވޭރު ދަނޑަށް ވަޑައިގެން މީޑިއާތަކާ ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައްޔިތުންގެ ތާއީދާއެކު ކުރިއަށް އޮތް މަޖިލިސް އިންތިހާބުގެ ސުޕަރ މެޖޯރިޓީ ކާމިޔާބު ކުރައްވާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ކޯލިޝަނުން މަސައްކަތް ކުރަނީ ގައުމާއި ރައްޔިތުންގެ ހައްގުތައް ކުރިއަށް ނެރެގެން، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގައި ކަމަށެވެ.

300 × 250

"އުއްމީދަކީ މިއަދުގެ މި ޕްރައިމަރީ ނިމުނީމަ ދެން ހޮވޭ ހުރިހާ ބޭފުޅުންނާއެކީގައި ނުހޮވޭ ބޭފުޅުންވެސް އެންމެން އެކަތިގަނޑަކަށް ވެގެން ކުރިއަށް އޮތް މަޖިލިސް އިންތިހާބު ކާމިޔާބު ކުރުމަށް މަސައްކަތް ކުރުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރެއާ ހަމައަށް ޕާޓީގެ ދަފްތަރު އަދި ވޯޓާސް ލިސްޓުގައި ނަން އޮތް ބައެއް މީހުންގެ ނަންތައް މިއަދު ލިސްޓުގައި ނެތުމުން ބައެއް ވޯޓުލާ މަރުކަޒުތަކުގައި ހަމަނުޖެހުން ވަނީ ހިނގާފައެވެ. އެކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ޕާޓީގެ ލީޑަޝިޕަށް ކުރެވޭ އެފަދަ ތުހުމަތުތައް ދޮގުކުރައްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ ކޯލިޝަނުން ބޭނުންވަނީ ދެފުށް ފެންނަ ހަމަހަމަ އިންތިހާބެއް ބާއްވަން ކަމަށާއި، އެއްވެސް ވޯޓާސް ރެޖިސްޓްރީއަކަށް ނުވަތަ ވޯޓާސް ލިސްޓަކަށް ބަދަލު ގެނައުމަކީ އެއްވެސް ގޮތަކަށް ގަބޫލުކުރައްވާ ހަމައެއް ނޫން ކަމަށެވެ. އެކަމާ ގުޅިގެން ހުށަހަޅާ ޝަކުވާތައް އިންސާފުވެރިކަމާއެކު ބައްލަވާ ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ ޕްރައިމަރީގެ ނާކާމިޔާބީއާއި އެކީގައި އަމިއްލަ ގޮތުން ކެނޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ގިނަ ގޮނޑިތަކެއް ގެއްލިދާނެ ކަމެއް ކަމަށެވެ. އެކަން އެގޮތަށް ވެދިޔަ ނުދިނުމަށްޓަކައި ބަލިވާ ކެނޑިޑޭޓުން، މޮޅުވާ ކެނޑިޑޭޓުންނާއެކު ކުރިއަށްދިއުމަށް މިފަހަރު އިގުރާރުވެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގައުމަށްޓަކައި އެންމެންވެސް ޕާޓީގެ މަސްލަހަތު އިސްކުރައްވާ، އެންމެންވެސް އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރައްވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި