ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ދަ ޑިމޮކްރެޓްސްއަށް ގެއްލި އެމަގާމު ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) އަށް ލިބިއްޖެއެވެ. ކޮންގްރެސް ޕާޓީއަށް މަޖިލީހުގެ މައިނޯރިޓީ ލިބިފައިވަނީ އެމްޑީޕީގައި ތިއްބެވި 12 މެންބަރުން އެ ޕާޓީއާ ގުޅިވަޑައިގަތުމުންނެވެ. އެ މެންބަރުން ކޮންގްރެސް ޕާޓީއާ ގުޅިވަޑައިގެންނެވީ މިދިޔަ ޑިސެމްބަރު މަހުއެވެ. ޕާޓީ ބަދަލުވިކަން އިލެކްޝަންސް ކޮމިޝަނުން މަޖިލީހަށް ވަނީ އަންގަވާފައެވެ.
ޕީއެންސީއާ ގުޅިވަޑައިގެންނެވި މެންބަރުން
- ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު
- މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޚައިތަމް
- އިސްދޫ ދާއިރާގެ މެންބަރު ޢަލީ ޙަމީދު
- ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް
- ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަނީ ޢަބްދުލްޙަކީމް
- މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރު
- މުލަކު ދާއިރާގެ މެންބަރު އިބްރާހީމް ނަޞީރު
- ނިލަންދޫ ދާއިރާގެ ޢަބްދުލްމުޙުސިން ޙަމީދު
- މާފަންނު ދެކުނު ދާއިރާގެ މެންބަރު އާދަމް ޢަލީ
- ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޝިދު
- ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން
- ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝާޒު
މިކަން އިއުލާން ކުރައްވައި މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވީ މިހާރު ގެނައި ބަދަލާއެކު ކޮންގްރެސް ޕާޓީގެ މަޖިލިސް މެންބަރުންގެ އަދަދު 14 އަށް އަރާފައިވާ ކަމަށެވެ. އަދި އެމްޑީޕީގެ 44 މެންބަރުން ތިއްބެވިއިރު ދަ ޑިމޮކްރެޓްސްގައި 13 މެންބަރުން، ޕީޕިއެމްގެ 2 މެންބަރުން، އެމްޑީއޭގެ 2 މެންބަރުން، ޖުމްހޫރީ ޕާޓީގެ 2 މެންބަރުން އަދި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވަ 3 މެންބަރުން ކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. މިގެނައި ބަދަލާއެކު މަޖިލީހުގެ ގަވާއިދުގެ 37 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ މައިނޯރިޓީ ލީޑަރަކަށް ކޮންގްރެސް ޕާޓީގެ ޕީޖީ ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވަނީ ވެވަޑައިގެންފައެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.