1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އަހަރުތަކެއްގެ މެދުކެނޑުމަށްފަހު އަނެއްކާވެސް ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ފަށަނީ

uaam
ރާއްޖޭގައި ކުރިން ގެންގުޅުނު އުދުހުނު ހެލިކޮޕްޓަރ ހަމިންގބާޑް.... ފޮޓޯ:......ފްލިކަރ
ޝަފްޢަތު ، ހުވަދޫ މީޑީއާ
2,143ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އެތަކެއް އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު ދިވެހިރާއްޖޭގައި އަނެއްކާވެސް ހެލިކޮޕްޓަރުގެ ހިދުމަތް ފެށުމަށް ނިންމަވައި، އެކަމާ ގުޅޭގޮތުން ކުރަން ޖެހޭ މަސައްކަތްތައް ފައްޓަވާފައިވާކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.

ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ފައްޓަވަން ސަރުކާރުން ނިންމެވީ ހެލިކޮޕްޓަރު އުދުއްސުމުގެ ޚިދުމަތް ތައާރަފު ގުޅުމާއި ގުޅޭގޮތުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުނު ކަރުދާހާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހުއެވެ.

މިކަން ހާމަކުރެއްވީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ ޢަބްދުﷲ ނާޒިމެވެ.

300 × 250

ނާޒީމް ވިދާޅުވީ މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ހުށަހެޅި ކަރުދާހާއި ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިކަމަށާއި މެޑިކަލް އަދި ސާޗް އެންޑް ރެސްކިއުގެ އިތުރުން އާންމު ދަތުރުތަކަށް ހެލިކޮޕްޓަރު ބޭނުންކުރެވޭނެކަމަށާއި އަދި އާންމު ދަތުރުތައް ކުރަން ޖެހޭނީ ހުއްދަދީފައިވާ ހެލިޕޯޓުތަކުންކަމަށެވެ. އަދި މި ޚިދުމަތް ދިނުމަށް ވާދަވެރި ބީލަމެއްގެ ތެރެއިން ފުރުސަތު ހުޅުވާލަން ނިންމާފައިވާކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

"އެފަދަ ފަރާތްތަކަށް ފަސް އަހަރާއި ހަތް އަހަރާ ދެމެދުގެ އެކްސްކްލޫސިވިޓީއެއް ދޭނެ. އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން އައިކާއޯގެ ސްޓެންޑަޑްތަކާ އެއްވަރަށް ދިވެހި ދަތުރުފަތުރުގެ ސިނާއަތް ގެނައުމަށްޓަކައި އެކުލަވާލައްވާފައިވާ މަދަނީ ވައިގެ ދަތުރުފަތުރުގެ އައު ބިލަށް މި ސިޔާސަތުތަކާ ގުލޭގޮތުން ގެންނަން ޖެހޭ ބަދަލުތައް އޮތްނަމަ އެ ބަދަލުތައް ގެނެސް އަލުން މަޖިލީހަށް ހުށަހަޅާނެ." ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ހެލިކޮޕްޓަރު ޖެއްސުމަށް ހާއްސަ ހެލިޕޯޓަކަށް ޖާގަ ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތް ސަރުކާރުން ކުރިއަށްގެންދާނެކަމަށެވެ. އަދި އިތުރު ސަރަހައްދެއްގައި ހެލިޕޯޓެއް ހަދަން ޖެހޭނަމަ އެ މަސައްކަތްވެސް ސަރުކާރުން ކުރިއަށްގެންދާނެކަމަށާއި ހެލިކޮޕްޓަރުގެ މަސައްކަތް ފަށައިގަތުމަށް ދާއިރާގެ ތަޖުރިބާކާރެއް ކޮންސަލްޓެންޓެއްގެ ގޮތުގައި ހަމަޖައްސާނެކަމަށްވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ

ރާއްޖޭގައި މީގެކުރިންވެސް ހެލިކޮޕްޓަރުގެ ހިދުމަތް ވަނީ ފޯރުކޮށްދީފައެވެ. 1989 ގައި ހަމިންގ ބާޑް ހެލިކޮޕްޓަރ ރާއްޖޭގައި އުދުހުމުގެ ހިދުމަތް ދިން ނަމަވެސް ދިމާވި ހިތާމަވެރި ހާދިސާތަކަކަށްފަހު ހެލިކޮޕްޓަރ އުދުހުން ވަނީ އެތަކެއް އަހަރުތަކެއް ކުރިން ހުއްޓާލާފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި