1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ގެމަނަފުށީ ދާއިރާގެ އެމްޑީޕީ ޓިކެޓް ދިނުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދެވޭނެ ތަނެއްނެތް: ސިވިލްކޯޓު

IMG_20240130_132124
ގެމަނަފުށީ ދާއިރާގެ މަޖިލިސް މެމްބަރ އަޙްމަދު ސައީދު އަދި އެ ދާއިރާގެ 0ޓިކެޓު ހޯޯދުމަށް މަސައްކަތް ކުރަމުންދާ އަޒުމޫން އަހުމަދު
ރިފާޢު ރަޝީދު
1,676ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ގެމަނަފުށީ ދާއިރާގެ އެމްޑީޕީ ޓިކެޓު މިހާރުގެ ރައްޔިިތުންގެ އެ ދާއިރާގެ މެމްބަރު ކަށަވަރުކުރައްވާފައިވަނީ ސައްހަކޮށް ކަމަށާއި ޓިކެޓް ދިނުމަށް ލަސްކުރެވޭނެ ކަމަށް ވަގުތީ އަމުރެއް ނެރެވޭނެ ތަނެއް ނެތްކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

މި މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ އިނތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ގެމަނަފުށީ ދާއިރާއަށް ވާދަކުރުމުގެ ޝައުގުވެރިކަން ފާޅު ކުރުމަށް ހުޅުވައިލި ފުރުސަތުގައި އެކަމަށް ޝައުގުވެރިކަން ފުޅާކޮށް އަޒުމޫން ފޯމު ހުށަހަޅާފައި ވަނިކޮށް އެ ފޯމު ބަލައި ނުގަތުމަށް އެމްޑީޕީން ނިންމި ނިންމުމާ ގުޅިގެން ހުށަހެޅި މައްސަލައެކެވެ.

މި މައްސަލައިގައި އަޒުމޫން އެދިފައި ވަނީ އެމްޑީޕީގެ ނިންމުމަކީ ކަނޑައަޅާފައިވާ އުސޫލުތަކާއި ގަވާއިދުތަކާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ކަނޑައަޅައި ދިނުމަށާއި އަޒުމޫންގެ ފޯމް ބަލައިގަނެ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެމްޑީޕީ ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު އޭނާއަށް ލިބިގެންވާ ކަމަށް ކަނޑައަޅައިދިނުމަށެވެ.

300 × 250

ނަމަވެސް މައުލޫއީގޮތުން މި މައްސަލައަށް ކޯޓުން ގޮތެއް ނިންމުމުގެ ކުރިން ވަގުތީ އަމުރެއް ނެރެދިނުމަށްވެސް އަޒުމޫން ވަނީ ހުށަހަޅައިފައެވެ.

އޭނާ ކޯޓުގައި ބުނެފައި ވަނީ އެ މައްސަލައިގައި ސިވިލް ކޯޓުން ހުކުމެއް ކުރުމުގެ ކުރިން، ގެމަނަފުށީ ދާއިރާގެ ޓިކެޓް އެހެން ފަރާތަކަށް ދީފިނަމަ، އެކަމުގެ ސަބަބުން މައްސަލައިގައި ސިވިލް ކޯޓުން ހުކުމްކުރާ ހާލަތުގައި އެ ހުކުމް ތަމްފީޒު ނުވެދާނެ ކަމުގެ އިހްތިމާލު އޮތް ކަމަށެވެ.

އެކަމުގެ ސަބަބުން އޭނާއަށް އިއާދަ ނުކުރެވޭ ފަދަ ގެއްލުމެއް ލިބިގެންދާނެ ކަމަށްޓަކައި، މި މައްސަލައިގައި ކޯޓުން ވަކި ގޮތެއް ކަނޑައެޅުމުގެ ކުރިން ގެމަނަފުށީ ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަ ކުރުމުގެ ޓިކެޓް އެއްވެސް ފަރާތަކަށް ނުދިނުމަށް އަންގައި އެމްޑީޕީގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް އޭނާ ވަނީ ކޯޓުގައި އެދިފައެވެ.

މި މައްސަލައިގައި ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ، އެ މައްސަލައިގައި ވަގުތީ އަމުރު ނެރެދެވޭނެ ތަނެއް ނެތް ކަމަށް ކަޑައަޅައިފައެވެ.

ސަބައެއްގެ ގޮތުގައި އެ ހުކުމްގައި ވަނީ، އެމްޑީޕީން ޓިކެޓް ކަށަވަރު ވެފައިވާ ދާއިރާތަށް އަންގައި އިއުލާންކޮށްފައިވާ އިރު، އޭގެ ތެރޭގައި ގެމަނަފުށީ ދާއިރާވެސް ހިމެނައިފައިވުމެވެ. އަދި ވަގުތީ އަމުރެއްގެ ޒަރީއާއިން ހުއްޓުވުމަށް އެދިފައިވާ ކަމަކީ މި މައްސަލަ ސިވިލް ކޯޓުގައި ރަޖިސްޓްރީ ކުރި ތާރިހު ކަމަށްވާ 17 ޖަނަވަރީ އިން ބެލިޔަސް ނުވަތަ އަޒުމޫންގެ ފަރާތުން ކޯޓަށް ދައުވާ ހުށަހެޅި ތާރީހު ކަމަށްވާ 16 ޖަނަވަރީން ބެލިޔަސް އެ ކަމަކީ އެ ތާރީހުގެ ކުރިން ނިމިފައިވާ ކަމެއްކަން އެނގޭތީ ކަމަށްވެސް ހުކުމްގައި ވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި