1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ސިޔާސީ

ރައީސް ޑރ މުއިއްޒު، ކޮންގްރެސްޕްރައިމަރީ ކާމިޔާބު ކުރެއްވި ފަރާތްތަކާ ބައްދަލުކުރައްވައިފި

jum66
ފޮޓޯ: އެކްސް.ކޮމް، ރައީސް ޑރ މުއިއްޒު
ޝަފްޢަތު ، ހުވަދޫ މީޑީއާ
282ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓިކެޓްގައި ވާދަކުރެއްވުމަށް ޓިކެޓް ކާމިޔާބުކުރެއްވި ކެނޑިޑޭޓުންނާއި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވައިފިއެވެ.

މާޗުމަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް ޕީއެންސީގެ ޓިކެޓްގައި ވާދަކުރާނެ ބޭފުޅުން ކަނޑައެޅުމަށް ޕްރައިމަރީ ބާއްވާފައިވަނީ މިދިޔަ ހޮނިހިރުދުވަހުއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 3 ދާއިރާއެއް ފިޔަވައި ހުރިހާ ދާއިރާއަކަށް ޕީޕީއެމް ޕީއެންސީން ވާދަކުރުމަށް ވަނީ ނިންމާފައެވެ.

300 × 250

ހޮނިހިރު ދުވަހު ބޭއްވި ޕްރައިމަރީ ކާމިޔާބުކޮށް 75 މީހަކު ވަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓިކެޓް ކާމިޔާބުކޮށްފައެވެ. އަދި 15 މީހަކު ވަނީ ޕްރައިމަރީއަކާއި ނުލައި ޓިކެޓް ކަށަވަރުކޮށްފައެވެ.

ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި ކެންޑިޑޭޓުންނާއެކު ރައީސް މުއިއްޒު ބޭއްވެވި ބައްދަލުކުރެއްވުމުގައި ޕީޕީއެމް ޕީއެންސީގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި، ޕީއެންސީގެ މުސްތަޝާރު އަބްދުއްރަހީމް އަބްދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ. ނަމަވެސް މި ބައްދަލުވުމާއި ގުޅޭގޮތުން މާބޮޑު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ މަޖިލިސް އިންތިޚާބުގައި ސަރުކާރު ކޯލިޝަނަށް ސުޕަ މެޖޯރިޓީ ލިބޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި މަދުވެގެން 62 ގޮނޑި އެ ކޯލިޝަނުން ކާމިޔާނު ކުރާނެކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުފުޅުތައް ފުއްދެވުމުގައި މަސައްކަތް ކުރައްވަނީ އިހުލާސްތެރިކަމާއި ތެދުވެރިކަމާއެކުގައި ކަމަށާއި އޭގެ ސަބަބުން ރައްޔިތުންގެ އިތުބާރު ސަރުކާރަށް ދެމެހެއްޓޭނެ ކަމަށެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި