1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރާއްޖޭގެ އުތުރުގައި މަސްވެރިކަން އުޅުނު ދިވެހި ކަންނެލި ދޯންޏަކަށް އިންޑިއާ ސިފައިން އަރައިފި

އަދު
ފޮޓޯ؛ އެމްއެންޑީއެފް
ޝަފްޢަތު ، ހުވަދޫ މީޑީއާ
463ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރާއްޖޭގެ އުތުރުގައި މަސްވެރިކަން އުޅުނު ދިވެހި ކަންނެލި ދޯންޏަކަށް އިންޑިއާ ސިފައިން އަރައިފިއެވެ.

ރާއްޖޭގެ އުތުރުގައި ކަންނެލި މަސްވެރިކަން ކުރަމުންދިޔަ "އަސުރުމާ 3" ނަމަކަށް ކިޔާ ދޯންޏަކަށް އިންޑިޔާ ސިފައިން އަރާފައިވާ ކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން މައުލޫމާތު ދީފައިވެއެވެ.

"އަސުރުމާ 3" ދޯނިން ހާމަކޮށްފައިވާ ގޮތުގައި އެ ދޯންޏަށް އިންޑިއާގެ އަސްކަރީ ދެ މަނަވަރެއް ކައިރިކޮށް އޭގައި ތިބި ސިފައިން އަރާފައި ވަނީ ކުޅުދުއްފުށީ ސިޓީގެ ބޭރުން މަސްވެރިކަން ކުރަމުން ދަނިކޮށެވެ.

300 × 250
mndf

ފޮޓޯ: އެމްއެންޑީއެފް އެމްއެންޑީއެފުން ވިދާޅުވީ ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ވަނިކޮށް ދިވެހި މަަސްދޯންޏަަކަށް ބޭރުގެ ޢަސްކަރިއްޔާއަކަށް ނިސްބަތްވާ އުޅަނދެއްގެ ބޯޑިން ޓީމަކުން މަސްދޯންޏަށް އަރާފައިވާކަމުގެ ރިޕޯޓެއް ލިބިފައިވާތީ އެކަން އެމްއެންޑީއެފުން ބަލަމުންގެންދާ ކަމަށެވެ. 

އެސަރަހައްދަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދެއް މިހާރު ދަތުރު ކުރަމުންދާ ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އދ. މަހިބަދޫ "އަސުރުމާ 3" ދޯންޏަށް އަރާފައިވަނީ އިންޑިއާ އަސްކަރިއްޔާއިންނެވެ.

މި މައްސަލަ މިހާރު ސަރުކާރުގެ ސަމާލުކަމަށްވެސް ވަނީ ގެނެސްފައެވެ. އަދި އެމްއެމްޑީއެފްގެ އުޅަނދެއް އެ ސަރަހައްދަށް ދަތުރުކުރަމުން އަންނަކަން އެނގިފައިވެއެވެ،

300 × 250

ޚިޔާލު (1)

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

  • ހަވަރު ތިނަދޫ

    އިންޑިޔާ ސިފައިން އެދޯންޏަށް އަރާ ސުވާލުކުރީ ހަވަރު ތިނަދޫ މިޔަރު ދޫކުރަން ބުނި ކޮންޑިޝަނަލް ގޯތިތަކާއި ބެހޭގޮތުންކަމަށް އިންޑިޔާ މީޑިޔާތަކުން ހަބަރު ފަތުރަން ފަށައިގިއެވެ

ގުޅުންހުރި