1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޕްރޮސެކިއުޓަރ ޖެނެރަލް ޝަމީމަށް ހަމަލާދިން މައްސަލައިގެ ތުހުމަތުގައި 2 މީހަކު ހައްޔަރުކޮށްފި

police
ހުވަދޫ ނިއުސް ޓީމް
304ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމަށް ހަމަލާދިން މައްސަލައިގެ ތުހުމަތުގައި 2 މީހަކު ހައްޔަރުކޮށްފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމަށް ހަމަލާ ދީފައިވަނީ އިއްޔެ ފަތިހުގެ ވަގުތެއްގައި ސައިކަލެއްގައި ދިޔަ ދެމީހަކުކަމަށް ޕީޖީ އޮފީހުން ވިދާޅުވެފައިވެއެވެ.

މިކަމާއި ގުޅޭ މަޢުލޫމާތު ދެއްވުމަށް އިސްކަންދަރު ކޮށީގައި ބޭއްވި ޕްރެސްކޮންފަރެންސްގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވީ ޝަމީމަށް ޙަމަލާދިނީ މޫނު ފޮރުވައިގެން ތިބި ބަޔަކު އެކަން ކުރުމަށް ދުރާލާ ވަރަށް ބޮޑަށް ރާވައިގެންކަމަށެވެ. ނަމަވެސް އެއި ކޮންބައެއްކަން ދެނެގަނެވިފައިވާކަމަށް ޝުޖާޢު ވިދާޅުވިއެވެ.

300 × 250

https://twitter.com/PoliceMv/status/1752968458969784558?s=20

މި މައްސަލައިގެ ތަހްގީގް ކުރިއަށްދާތީ އިތުރު މަޢުލޫމާތު މިވަގުތު ހާމަކުރެވެން ނެތްކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

ޕީޖީއަށް ދޭ ހަމަލާއަކީ ދައުލަތުގެ އެއް ބާރަށް ދޭ ހަމަލާއެއްގެ ގޮތުގައި ފުލުހުން ވަނީ ސިފަކޮށްފައެވެ. މި މައްސަލއިގެ ތަހުގީގަށް ފުލުހުންގެ ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން މައްސަލަ ސާބިތުކޮށް އެމީހުންނަށް ދޭންވާ ހައްގު އަދަބު ދޭނެކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާލުވީ މި މައްސަލއިގެ ފަހަތުގައި އަދިވެސް އިތުރު ބަޔަު ތިބޭނެކަމަށް ބަލައިގެން ތަހުގީގްކުރަމުން އަންނަކަމަށެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި